ދަރިންނަކީ މާތް ﷲ އިންސާނުނަށް ދެއްވާ ވަރަށްވެސް މަތިވެރި ނިއުމަތެވެ. ބައެއް މީހުންނަކީ އެ ނިއުމަތް ދެއްވާތޯ ރެއާއި ދުވާލު މާތް ﷲ ހެ ހަސްރަތަށް ދުއާކުރާ މީހުންނެވެ،. ދަރިމައިނުވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެވެ. ދަރިމައިނުވުން ގިނަ ފަހަރު ގުޅިފައި އޮންނަނީ އެމީހެއްގެ ސިއްހަތާއެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ނެތް މީހުންނަށް ދަރިމައިވުމުގައި މައްސަލަތަށް ކުރިމަތިވާލެއް ގިނައެވެ. ދަރިމައިވުމުގައި މައްސަލަތަށް ކުރިމަތިވާނަމަ ބައެއް ކަހަލަ އަލާމާތްތަށް ފެންނާނެއެވެ. އެގޮތުން ފެންނާނެ ބައެއް އަލާމާތްތަށް ތިރީގައި އެވަނީއެވެ.

މައްސަރު ދުވަސްވަރުގައި މާ ގަދަޔަށް ލޭ އައުން : މައްސަރު ދުވަސްވަރު މާގިނައިން ލޭއައުމަކީވެސް ދަރިމައިވުމުގައި މައްސަލަ ކުރިމަތިވެފައިވާ ކަމުގެ އަލާމާތެވެ.

· މައްސަރު ދުވަސްވަރު ޤަވާއިދުން ކުރިމަތި ނުވުން. މިސާލަކަށް އެއް މަހު ވެފަ އަނެއް ދެމަހު ނުވުން.

· މައްސަރު ދުވަސްވަރު އައުން އެއްކޮށް ހުއްޓުން

· މައްސަރު ދުވަސްވަރުގައި ވަރަށް ގަދަޔަށް ވޭން އަޅާ ތަދުވުން

· މޫނުގައި ކުއްލިއަކަށް މާ ގިނައިން ބިހި ނަގަން ފެށުން

· ގައިގެ އެކި ތަންތާ އިސްތަށި ފަޅަން ފެށުން

· އިސްތަށި ފައިބާ އިސްތަށިގަނޑު ތުނިވުން: ސަބަބެއްނެތި ބޮލުން އިސްތަށި ފޭބުން. ހާއްސަކޮށް ބޮލުގެ އަރިމަތިން

· ޝަހުވާނީ އެދުންތައް މަދުވުން

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަހުވާނީ

    ބަލަގަ ޝަހުވާނީ އެދުންތަކުން ދުރުވީމަ ރަނގަޅީނު.. ބޯހަލާކު

  2. ޕިސް

    ޝަހުވާނީ އެއް ނޫން. ޢަދި ނުބައި ގޮތަކަށް ތިލިޔެވުނީ
    ޢެއީ ނުބައި ގޮތައް އަމަލު ހިންގުން ?