އަނުޝްކާ ޝަރުމާގެ "ޕަރީ" ފުރަތަމަ ދުވަހުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދާފިއެވެ.

މި ފިލްމަކީ ގިނަބަޔަކު އެފިލްމަކަށްޓަކައި އިންތިޒާރުކުރަމުން ދިޔަ ފިލްމެކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ބޮލީވުޑްގައި ގިނަ ދުވަސްތަކަކަށްފަހު ނެރޭ މޮޅު ބިރުވެރި ފިލްމަކަށް ވާތީއެވެ. ފިލްމް ރިލީޒް ކުރުމުގެ ކުރިން ނެރުނު ޓީޒާ ތަކާއި ޓްރެއިލާއިން ފިލްމްގެ ބިރުވެރިކަމާއި މޮޅުކަން ވަނީ ދައްކާލާފައެވެ.

މި ފިލްމް އިންޑިޔާގައި އިއްޔެ އެމީހުންގެ "ހޯލީ" އީދާއި ދިމާކޮށް ސިނަމާތަކުގައި އަޅުވާފައިވާއިރު، ބެލުން ތެރިންގެ ފަރާތުން މި ފިލްމަށްދަނީ ހީވެސް ނުކުރާ ފަދަ ބޮޑު ތަރުހީބެއް ލިބެމުންނެވެ. "ހޮލީ" އީދު ތެރޭގައި ކަމުން ދުވާލުގެ ސޯތަކަށް ހައުސް ފުލްކޮށް މީހުން ވަދެފައި ނުވިނަމަވެސް ރޭގަނޑުގެ ސޯތަކަށް ސިނަމާތަށްވަނީ ފުރާލާފައެވެ.

ރިޕޯޓްތަށް ބުނާގޮތުން އިއްޔެގެ ދުވާލު އެޅުވި ޝޯވތަކުން އެކަނިވެސް މި ފިލްމަށްވަނީ 6 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. ދުވާލު އެޅުވި ޝޯވތަކުގެ އެތަށް ގުނައަކަށް އިތުރަށް ރޭގަނޑުގެ ޝޯވތަކަށް މީހުން ވަދެފައިވާކަމަށް ރިޕޯޓްތަށް ބުނެއެވެ. މި ފިލްމް ބެލުމަށްފަހު ނިކުންނަ މީހުންދަނީ މި ފިލްމެ މޮޅުކަމާއި އަނުސްކާގެ މޮޅު ހުނަރަށް ރައުރީފްކޮށް ވާހަކަދައްކާފައެވެ. އަދި މިއީ ބިރުވެރި ފިލްމްތަކަށް ބޮލީވުޑްގައި ގެނުވި އިންގިލާބީ ފިލްމެއްކަމަށް ގިނަމީހުން ބުނެއެވެ.

މި ފިލްމް ބެލުމަށްފަހު އަނުޝްކާ ޝަރުމާގެ ފިރިމީހާ ވިރާތް ކޮލީ ބުނީ "މިއީ ވަރަށް ދުވަސްކޮށްލާފައި އަހަރެން ބެލި ވަރަށް މޮޅު ފިލްމެއް" ކަމަށާއި "މިއީ އަނުސްކާގެ އެންމެ މޮޅު އެއް މަސައްކަތް" ކަމަށެވެ.

ޕްރޮސިޓް ރޯއީ ޑައިރެކްޓް ކޮށްދީފައިވާ މި ފިލްމްގައި ދައްކުވައިދެނީ އެކްސިޑެންޓެއްގައި މަންމަ އަކު މަރުވުމަށްފަހު އޭނާގެ ސޫރަ ޖަންގަލީ ތެރޭގައި އުޅޭ އުޅުމާއި އެ ސޫރަގެ ފަރާތުން ދިމާވާ އެކިއެކި ހާދިސާތަކެވެ.