އެމެރިކާގެ ކެންޓަކީގައި ހުންނަ ޕޮލިސް ސްޓޭޝަނެއް ކަމަށްވާ އެލެންގާ ޕޮލިސް ޑިޕާޓްމަންޓްގެ އަށް ފުލުސް އޮފިސަރަކަށް އެއް މަސް ދުވަސް ތެރޭގައި ދަރިން ލިބިއްޖެއެވެ.

ހުރިހާ ފުލުހުން އެމީހުންގެ ދަރިންނާއި އެކު ނަގާފައިވާ ފޮޓޯއެއް ޕޮލިސް ޑިޕާޓްމަންޓުން ފޭސްބުކްގައި ޕޯސްޓް ކުރުމުން އެތައް ހާސް ބައެއްގެ ސަމާލުކަން ވަނީ އެފޮޓޯއަށް ލިބިފައެވެ.

ފޮޓޯ އިން ފެންނަނީ ހުރިހާ ފުލުހުން ވެސް ސަފަކަށް އެތުރިގެން ތިބެ އެމީހުންގެ ދަރިންތައް ދައްކާލާ މަންޒަރެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މިއީ ފުލުހުންގެ އާއިލާއަށް އިތުރުވި މެންބަރުންތައް ކަމަށެވެ.

ފޮޓޯ އިން ފެންނަ ފުލުސް އޮފިސަރަކު ބުނީ އެމީހުން މަސައްކަތް ކުރަމުން ވެސް ދަނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށާއި އެއް ފަހަރާ ދަރިންތައް ލިބުމުން އަނެއްކާވެސް އެއް އާއިލާއެއްގެ އިހްސާސް މާބޮޑަށް ކުރެވެމުންދާ ކަމަށެވެ.

އެހެން ފުލުހަކު ސަމާސާއަކަށް ފޭސްބުކްގައި ލިޔެފައި ވަނީ "ދަރިން ބަލަން ޖެހުނަސް މަސައްކަތައް ހުއްޓުމެއް ނެތް." ކަމަށެވެ. ވަޒީފާގެ ޒިންމާތައް އަދާކުރަން ދަރިންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރު ފުލުހަކު ބުނީ ދަރިން ލިބުނު ނަމަވެސް އާއިލާ އާއި އެކުގައި މަސައްކަތް ކުރާ މީހުންގެ އެހީތެރިކަމާއި އެކު ވަޒީފާ އަދާކުރަން ދަތިކަމެއް ނެތް ކަމަށެވެ.

އެމެރިކާގެ އޮކްލޮހޯމާގެ ހަތް ފަޔާފައިޓަރަކަށް ލިބުނު ކުދިންނާއި އެކު އެމީހުން ނަގާފައިވާ ފޮޓޯއެއް ވެސް ފޭސްބުކްގައި ވަނީ ވައިރަލް ވެފައެވެ.

އެމެރިކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި މަސައްކަތް ކުރާ ހުރިހަ ނަރުހުން އެއް ފަހަރާ މާބަނޑު ވުމުން އެވާހަކަ ވެސް މީޑިއާ އިން ވަނީ ދާދިފަހުން ރިޕޯޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަ

    މާޝާﷲ