މަޝްހޫރު ތަރިންނާއި ވައްތަރު މީހުން ފެނިގެން ގިނަ ބައެއްގެ ސަމާލުކަަމަށް އެކަން އާދެއެވެ. ބައެއް މީހުން ފޮޓޯވެސް ނަގާ ހަދަައެެވެ. އަދި އެއީ ކާކުކަން ހޯދާ ނޫސްތަކުން އެ މީހުން ޖާގަ ހޯދާ ފަހަރު އާދެއެވެ.

އަނެއްކާވެސް މި ވަނީ އެފަދަ ހާދިސާއެެއް ދިމާވެފައެވެ. މިފަހަރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ބޮލީވުޑްގް މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރް އާއި ވައްތަރު މީހަކު ފެނިގެންނެވެ.

އޭނާގެ ނަމަކީ އުސްމާން ޚާންއެވެ. އޭނާ ޓްވިޓާ މެދުވެރިކޮށް ކަރަންއަށް ޓެގްކޮށް ބުނީ، ގިނަ ބަޔަކު އޭނާ ފެނިފައި ކަރަންއާ ވައްތަރުކަމަށް ބުނާ ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުން ގިނަ ސްކްރީންޝޮޓްތަކެއް ވެސް އެ ފޮޓޯއާއެކު ހިއްސާކުރިއެވެ.

އެ މީހާގެ އެގޮތަށް ބުނެ ކުރި ޕޯސްޓް ފެނިފައި ކަރަންއަށް ބޮޑު ހައިރާންކަމެއް ލިބުނުކަމަށް ރިޕޯޓްތައް ބުނެއެވެ. ކަރަންގެ ފޭނުންވެސް ވަނީ، އުސްމާން އާއި ކަރަންއާ ވައްތަރުކަމަށް އެ ޕޯސްޓްގެ ކޮމެންޓް ސެކްޝަންގައި ބުނެފައެވެ. އަދި އެއީ ކަަރަން ކުޑަކުއިރުގެ ފޮޓޯއެއްތޯވެސް ބަޔަކު އެހިއެވެ.

އަދި ފަހުން ކަރަން ވަނީ، އެ ޓްވީޓްތަކުގެ ސްކްރީންޝޮޓްތައް ނަގާ މީސް މީޑިއާއަށް ލުމަށްފަހު އެ ޓްވީީޓްތައް ފެނިފައި އޭނާއަށް ބޮޑު ހައިރާންކަމެއް ލިބިއްޖެކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް މަޝްހޫރު ބައެއް ތަރިންނާއި ވައްތަރު މީހުން ފެނިގެން، އާއްމުން ފޮޓޯ ނަގަން ބޭނުންވެ ފުލުހަށް ދާން ޖެހޭ ހިސާބަށްވެސް ދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު