ވާރްޖީނާއަށް ނިސްބަތްވާ ފިރިހެނަކު އޭނާގެ ގޭގައި ނުރައްކާތެރި ހަރުފަތަކެއް ގެންގުޅޭތީ އެކަން ފުލުހުންނަށް ވީ ބޮޑު ކަމަކަށެވެ. އާއްމުކޮށް ސްޓޭމްޕާއި ފައިސާތަކަކީ އާއްމުން އެއްކުރާ ތަކެއްޗެވެ. އެހެން ނަމަވެސް މިފަދަ ނުރައްކާތެރި އެއްޗެހި އެ މީހާ އެއް ކުރަނީ ކިހިނެއް ހެއްޔެވެ.

އެ ހަރުފަަތަކަކީ އެ މީހާ އޮޅުކޮށްގެން ގެންގުޅޭ އެއްޗެއް ކަމަށް ވެއެވެ. ފުލުހުންނަށް އެކަން ފަޅާ އަރާފައި ވަނީ އެ ފޮޓޯތައް ދައުރުވާން ފެށުމުންނެވެ. އެ ގެއިން ފެނިފައި ވަނީ ރެޓްލް ސްނޭކް ތަކެކެވެ.

ވާރޖީނާ ނެޗުރަލް ރިސޯސެސް ފުލުހުންނަށް ލިބުނު މައުލޫމާތެއްގެ މައްޗަށް ބަލައިގެން ފުލުހުން އެގެއަށް ދިޔައިރު، ގަވާއިދާއި ހިލާފަށްއެ މީހާ ގެންގުޅެމުންދިޔަ 17 ހަރުފައެއް ވަނީ ފެނިފައެވެ.

އެ ހަރުފަތައް ގެންގުޅުނު ދެ މީހުން އެ ތަކެތި ހޯދަނީ ވަލު ތެރެރިންކަމަށް ވެއެވެ. ފުލުހުން ވަނީ އެ ހަރުފަތައް އެ މީހާ ހިފިތަނަަށް އެ ހަރުފަތައް ދޫކޮށްލާފައެެވެ. އަދި އެކަމުގައި އުޅުނު ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ނިންމާފައެވެ.

ފުލުހުން ބުނީ، އެ މީހުން ހިފި ހަރުފަތަކުގެ ތެރެއިން އެންމެ ބޮޑު ހަރުފައިގެވެސް 42 އިންޗި ހުންނާނެ ކަމަށެވެ.

އެ ފޮޓޯތައް ފުލުުހުން ހިއްސާކުރުމާއެކު ވަރަށް ގިނަ ފާޑުކިޔުންތަކެއް އެމީހާއަށް އަމާޒުވިއިރު، އެ ހަރުފަތަކަކީ ނުރައްކާތެރި ހަރުފަތަކެއްކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ހަރުފަ އާއިލާގެ ވައްތަރެއްކަމުގައިވާ “ރެޓްލް ސްނޭކް”އަކީ ވަރަށް ނުރައްކާތެރި ވިހަގަދަ ހަރުފައެކެވެ.

ކިޔުންތެރިންގެ ހިޔާލު