ބޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމުގައިވާ ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ ޑެނިއަލް ވެބަރ، އިތުރު ދެ ކުދިން އެޑޮޕްޓް ކޮށްފިއެވެ. މިފަހަރު މި ދެމަފިރިން ސަރޯގަސީ މެދުވެރިކޮށް ހޯދާފައިވަނީ ކުޑަ ކުޑަ ދެ ފިރިހެން ކުދިންނެވެ.
މިކަން ސަނީ ލިއޯން ހާމަކޮށްފައިވާއިރު، އޭނާ އިތުރަށް ބުނެފައިވަނީ މިއީ އޭނާ އެންމެންނަށް ދިން ސަޕްރައިޒް އެއްކަމަށެވެ.
God's Plan! Surprise! pic.twitter.com/PEwxTdGAAU
— Sunny Leone (@SunnyLeone) March 5, 2018
މީގެކުރިންވެސް، ސަނީ އާއި ޑެނިއަލްވަނީ ކުއްޖަކު އެޑޮޕްޓް ކޮށްފައެވެ. ކުރިން އަންހެން ކުއްޖަކު އެޑޮޕްޓް ކޮށްފައިވާއިރު، އެކުއްޖާގެ ނަމަކީ ނިޝާ ކައުރު ވެބަރ އެވެ. އަލަށް އެޑޮޕްޓް ކުރި ދެކުދިންނަށް ދީފައިވާ ނަމަކީ އާޝަރު ސިންގު ވެބަރ އާއި ނޯހު ސިންގު ވެބަރ އެވެ.
ނިޝާ އެޑޮޕްޓް ކުރުމާ ބެހޭގޮތުން ސަނީ މީގެކުރިން ބުނެފައިވަނީ، އެއީ ދެމަފިރިން ވަރަށް ކުރަން ބޭނުންވެގެން ކުރި ކަމެއްކަމުގައިކަމަށެވެ. އަދި، އެންމެ ފުރަތަމަ ދުވަހު ކުއްޖާ ފެނުނު ދުވަހުވެސް، އެކުއްޖާ ދެކެ ލޯބިވެވުނުކަމަށް ބުނެފައިވެއެވެ.
ސަނީ ހާދަ ރީއްޗޭ