ބޮލީވުޑްގައި އަރަމުން އަންނަ ދެތަރިން ކަމުގައިވާ ރަންބީރް ކަޕޫރް އާއި އާލިއާ ބަޓްގެ ލޯބީގެ ގުޅުމަކީ މިހާރު ސިއްރު ގުޅުމެއް ނޫނެވެ. މި ދެތަރިން އެ ގުޅުން ސިއްރުކޮށްގެން އުޅުނެއް ކަމަކު އެކަން މިހާރު ނުދަންނަ ބަޔަކު ނެތެވެ.

އެ ވާހަކަ ބާއްވާށެވެ. މި ފަހަރު ދައްކަން މި އުޅެނީ ސަންޖޫއިން އެންމެ ފަހުން ފެނިގެންދިޔަ ރަންބީރް މި ވަނީ ދާދި ފަހުން ފިލްމް އުފައްދާ އެއް މަޝްހޫރު ޑައިރެކްޓަރ ކަރަން ޖޯހަރް ކައިރިންވެސް އޭނާ އާއި އާލިއާގެ ގުޅުމާއި މެދު ކަރަން ދެކޭ ކިޔާދިނުމަށް އެދިފައެވެ.

ރަންބީރް ބޭނުންވީ، އޭނާއަށް ރިލޭޝަންޝިޕްގައި ކުށް ކުރެވުނު ނަމަވެސް، ދިރިއުޅުން ކުރިއަށްގެންދަން ބޭނުންވާ ގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކާށެވެ. އެކަމާއި ކަރަން ވަނީ ފާޅުގައި ޖަވާބުދީފައެވެ.

"އެެހެންވީމަ ތި ރިލޭޝަން ހުއްޓާލަން ޖެހޭނީ. ކުށެއް ކުރެވިއްޖެނަމަ އަނެއްކާ އެ ކުށް ތަކުރާރުވުމަކީ މައްސަލައެއް. އެއް ކުށަށް ފަހުން އަނެއް ކުށް ކުރެވިގެން ނުވާނެ، އެ ހަދަނީ މިސްޓޭކެއް ނޭގި. އަހަންނަށް އިނގޭ ރަންބީރްއަށް އިނގޭނެކަމަށް އަހަރެން މި ދައްކާ ވާހަކަ". ކަރަން ބުންޏެވެ.

ކޯލް ކަރަންގެ ނަމުގައި ކުރިއަށްގެންދާ ޝޯވގެ ތެރެއިން ރަންބީރް އިތުރަށް ވަނީ، އޭނާ އާއި އާލިއާގެ ގުޅުމާއި މެދު ކަރަން ދެކޭ ގޮތް ބުނުމަށް އެދިފައެވެ. އަދި ކަރަން ބުނީ، އާލިއާ ކައިރިން ރަންބީރް އަކީ މުޅި ދުނިޔެއިންވެސް ލިބޭނެ އެންމެ ރަނގަޅު ފިރިމީހާކަމަށް ބުނެފައިވާނެ ކަމަށެވެ.

ކަރަން އާއި އާލިއާގެ ގުޅުމާއި މެދު ދެ ލޯބިވެރިންގެ އާއިލާ މީހުންވެސް ރުހޭކަމަށް ވެއެވެ.