ލޯތްބަކީ ކަނު އެއްޗެކޭ ގިނަ ބަޔަކު ބުނާތީ އަޑު އަހަމެވެ. ފުރަތަމަ ނަޒަރުން ލޯބިވާ ވާހަކަވެސް އަޑުއަހަމެވެ. މިއީވެސް އެފަދަ ވާހަކައެކެވެ. އިންޑިއާގެ ކޮލްކަޓާއަށް ނިސްބަތްވާ ޒުވާނަކަށް ރޭލެއްގެ ތެރެއިން ފެނުނު އަންހެނެއް ފެނި އެ އަންހެން ކުއްޖާއަށް ހިތްދެވުނު ގޮތުގެ ވާހަކައެވެ. އަދި އޭގެ ފަހުން އެ ކަންތައް ކުރިގޮތުގެ ވާހަކައެވެ.

ބިސްވަޖިތް ޕޮއްޑަރް ނަމަކަށް ކިޔާ ސަރުކާގެ އޮފީހެއްގައި މަސައްކަތް ކުރާ މި ޒުވާނާއަށް އެ އަންހެން މީހާ ފެނިގެން އެ މީހާއަށް ހިތްދެވުނުއިރު، މިހާރު އޭނާ އެ ދަނީ އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަށް 4000 ޕޯސްޓަރު ތައްޔާރުކޮށްފިއެވެ.

އަދި ހަތް މިނިޓުގެ ވީޑިއޯއެއް ޔޫޓިއުބްއަށް އަޕްލޯޑްކޮށްފިއެވެ.

"އަހަރެންގެ ރައްޓެހިންނާއި އާއިލާ މީހުން އެބަ ކިޔާ އަހަރެން މޮޔެވެއްޖެއޭ. އެކަަމަށް އަހަންނަށް އެއްޗެއް ކިޔޭކަށް ނެތް. ފުރަތަމަ ނަޒަރުން އަހަންނަށް އެ އަންހެން މީހާ ދެކެ ލޯބިވެވިއްޖެ. އަހަރެންގެ ސިކުނޑި އޭނާގެ ހަނދާންތަކާއި ދުރަށް ނުދެވުނު". ބިސްވަޖިތް ބުންޏެވެ.

އަދި އަންހެން މީހާ ހޯދުމަށް އޭނާ ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާލުމަށްފަހު ރޭލުގައި ކޮންނަގާރްއަށް ދަތުރު ކުރެއެވެ. އެއީ އެ އަންހެން މީހާ ފެނިދާނެ ކަމަށް ހިތާއެވެ.

އަދި އެ އަންހެން މީހާ ފުރަތަމަ ފެނުނު ދުވަހު ލައިގެން ހުރި ޓީޝާޓް ލައިގެން އޭނާ ކޮންމެ ދުވަހަކު އެ އަންހެން މީހާ ހޯދާއިރު، އޭނާ ބުނީ، އެ އަންހެން މީހާއަށް އޭނާ އުނދަގޫ ކުރަން ބޭނުން ނުވާ ކަމަށެވެ.

"އަހަރެން މި ހުރިހާ ކަމެއް މި ކުރަނީ އެ އަންހެން މީހާއަށް ގުޅޭނެ ގޮތެއް ވޭތޯ". ބިސްވަޖިތް ބުންޏެވެ.

އޭނާ ބުނާގޮތުގައި، އެ އަންހެން މީހާ ފެނުނީ، އޭނާގެ މައިންބަފައިން ކައިރީ އިންދާ ކަމަށާއި އަދި އޭނާ އިނީ އެ އަންހެން މީހާއާ މާ ދުރުނޫން ހިސާބެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދަތްދޫނި

  ތިކުއްޖާ މާލޭގަ އެބައުލޭ. އެއީ ދިވެހި އާޢިލާ އެއް. އަވަހަށް މި ދިމާލަށް މިސްރާބު ޖަހަނިކޮއް ފެނިދާނެ.

 2. ރޭލު

  ސާބަހޭ،ދިވެހިން ރޭލަކައް ނާރާނެ..އެ ސޮރައް އެއުޅެނީ އޮޅިގެން..އެއީ ކާޖަލް.

 3. ބާނިޔޫސޭ

  ފުރަތަމަ ނަޒަރު އެންމެ ޢިޝްޤީ އަސަރު.

 4. މި

  އިންޝާﷲ ފެންނާނެ ނަސީބުގަވަންޏާ ހަލާލްގޮތް ހިތުލައިގެން ހުންނައްޗޭ އެގޮތްދޫކޮށް ނުލައްޗޭ.. ދިވެހިންނޭ