އެމެރިކާގެ އަލަސްކާގެ އަންހެނަކު އޭނާގެ ތުއްތު ދެދަރިން މަރާލުމަށް ފަހު ވަރަށް ހަމަޖެހިލާފައި ހުއްޓާ ފުލުހުން އެންމެ ފަހުން އޭނާ ހައްޔަރުކޮށް ދައުވާ އުފުލައިފިއެވެ.

ސްޓެފަނީ ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ އަންހެން މީހާގެ ހަތަރު މަރުގެ ދަރިފުޅު މަރުވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން 13 މަހުގެ ދަރިފުޅު މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އެވެ.

ދެކުދިން ވެސް ހެދިބޮޑުވަމުން އައީ ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވެއެވެ. ފުރަތަމަ ދަރިފުޅު މަރުވީ ނޭވާ ނުލެވިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދާތާ ހަތަރު ދުވަސް ފަހުންނެވެ. ސްޓެފަނީގެ ފުރަތަމަ ދަރިފުޅުގެ މަރާއި ގުޅިގެން އޭރު ފުލުހުންނަށް އެއްވެސް ކަމެއް ޝައްކެތް ނުކުރެވެއެވެ. އެހެންކަމުން އެކުއްޖާގެ މަރުގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ނަމަވެސް ފުލުހުންނަށް ސްޓެފަނީ އާއި ދޭތެރޭ ޝައްކު ކުރެވުނީ ދެވަނަ ދަރިފުޅު ވެސް ކުއްލި ގޮތަކަށް މަރުވުމުންނެވެ.

ފުލުހުންގެ ފޮރެންސިކް ޓީމް ސްޓެފަނީގެ ގެއަށް ގޮސް އޭނާގެ ކޮމްޕިއުޓަރު ބެލި ބެލުމުން ފާހަގަ ކުރެވުނީ ދަރިފުޅަށް ނޭވާ ނުލެވިގެން 911 އަށް ގުޅުމުގެ އިރުކޮޅެއް ކުރިން މީހަކު މަރާލާނެ ގޮތްތަކާއި ބެހޭ މައުލޫމާތު އޭނާ އިންޓަނެޓުން ހޯދާފައިވާ ކަމެވެ.

ސްޓެފަނީ ވަނީ "ހެކި ނުހުންނާނެ ގޮތައް މީހަކު މަރާލާނީ ކިހިނެއް؟" އަދި "ގަންބާލައިގެން މީހަކު މަރާލާނީ ކިހިނެއް؟، ފޮރެންސިކް ހެކި ނައްތާލާނީ ކިހިނެއް؟ ހެކި ނުހުންނަ ގޮތައް މީހަކު މަރާލާނީ ކިހިނެއް؟" ފަދަ ޖުމްލަތައް އޭނާ ވަނީ ސާޗް ކޮށްފައެވެ.

ސްޓެފަނީ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. މިހާރު އޭނާގެ މައްޗަށް ވަނީ ދެދަރިން މަރާލި ކަމުގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަނާ

    ހައިރާން ނުވި އަދި މިޔަދު ހަވީރު މީހަކު މަރާލުމުން ވަރައް ހައިރާން ކަން ލިބުނު ރޯމާދުވާލު ވިއްޔާ.

    • މީ

      اَسْتَغْفِرُ اَللّهَ

  2. ދަބަރަެ

    ބަލަ ތިޔައްވުރެ އަޖައިބު ކުޑއެއްނޫންތަ ރެޔކު މީހަކު ގަޔަެް ވަޅިހަރާ އިރު ސައްކުވާމީހަކުވެސް ނެއް
    އެކަމަކު ޕީޕީ ދިދަ އުފުރި މީގުން ހޯދާ ހައްޔަރުކޮށް މިހާރު ޓެރަރިޒަމް ދައުވާ ކޮށްފި

    • ނުރަބޯ

      ސިއްރުންކުރާ ކަންކަމާ ފައުޅުގައި ކުރާ ކަންކަމުގެ ތަފާތު ނޭނގޭ ޖާހިލުން ކޮމެންޓް ނުކޮށްބަލަ.

      • ފާޅުގަ

        ގްރީން ޒޯނެކޯ. މުޅިހިސާބުގަ ކެމެރާ ދެނޯ.

    • ނުރަބޯގެ ބަފާ

      ބަލަ ކަލޭ ތީކާކު މީހުންނާ ދިމާލަށް ޖާހިލެކޭ ގޮވަން. ތިކަހަލަ ވިސްނުން ގެންގުޅޭ މީހުން ކޮމެންޓް ކުރާތީ އަހަރެން ދެރަވޭ.

  3. އާމިނަ

    ދަބަރޭ އަށް ތާއީދު