ސަލްމާން ޚާންއަކީ ބޮލީވުޑްގެ އެއް އަަތެވެ. އަދި އިންޑިއާއަށް ބަލާއިރުވެސް އޭނާއަކީ ،ބާރުގަދަ ޝަހުސިއްޔަތެކެވެ. އޭނާއަކީ ފިލްމީ ދާއިރާއަށް ބަޔަކު ނެރެދިން މީހެކެވެ. އެހެން ނަމަވެސް ބައެއް ބޮލީވުޑްގެ ތަރިން އޭނާއާ މައްސަލަ ޖެހޭ ހިސާބުން އެ މީހުންގެ ކެރިއަރު ފުނޑުފުނޑުވާ ހިސާބަަށް ދެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ތަރިންނަށް ބަލާލަމާ ހިނގާށެވެ.

އަރިޖީތް ސިންގ

އަރިޖީތް ސިންގއަކީ ލޯބިގެ ލަވަތައް ކިޔުމުގައި އެފަދަ ދެވަނައެއް ނެތް ތަރިއެކެވެ. އޭނާއާ ސަލްމާން އާއި މައްސަލަ ޖެހުނީ ސަލްމާން އާއި ދިމާލަށް އެވޯޑް ހަފްލާއެއްގެ ތެރެއިން އަރިޖީތްއަށް ބުނެވުނު އެއްޗަކުންނެވެ. އޭގެ ފަހުން ސަލްމާން ކުޅޭ އެއްވެސް ފިލްމަކުން އަރިޖީތަށް ލަވަކިޔުމުގެ ފުރުސަތު ނުލިބެއެވެ. އެ ފުރުސަތު ލިބުނަސް ސަލްމާން އެކަން ހުއްޓުވާލައެވެ. އަދި އެހެން މީހެއް ލައްވާ އެ ފިލްމަށް އެ ލަަކިޔުއްވާ ވަރު ކުރުވައެވެ. އަރިޖީތް އެކަމާއި މައާފަށް އެދުނު ނަމަވެސް، ސަލްމާން އެއަށް ޖަވާބުދެއްވީ ސުވާލަކުންނެވެ. ސަލްމާން އަހަނީ އަރިޖީތަކީ ކާކުތޯއެވެ.

ރެނުކާ ޝަހޭން

އިންޑިއާގެ އެކްޓްރެސްއެއްކަމަށްވާ ރެނުކާ ޝަހޭން ސަލްމާންއާ ދިމާލަށް އެއްްޗެހި ކިޔާފައި ވަނީ 1998 ވަނަ އަހަރު ޖޯދުޕޫރުގައި ޖަނަވާރުގެ ބާވަތެއް ކަމަށްވާ ޗިންކާރާތަކެއް މަރާލައި އެ ޖަނަވާރުތައް ކެއްކި ދެ މައްސަލައާ ގުޅިގެންނެވެ. މީސްމީޑިޔާ މެދުވެރުކޮށް ރެނުކާ އެކަމާއި ގުޅޭގޮތުން ވާހަކަދެއްކިއެވެ. ބޮލީވުޑްގެ ގިނަ ތަރިން ސަލްމާންގެ އެ މައްސަލައާ ގުޅިގެން ތިބީ އަނގަމަޑުން ލައިގެންނެވެ. އެހެން ނަމަވެސް ރެނުކާއަކަށް އެކަމެއް ނުކުރެވުނެވެ.

ރަންބީރު ކަޕޫރް

ސަލްމާން އާއި ރަންބީރް ކަޕޫރާ ދެމީހުން ހަތުރުންނަށްވެފައި ވަނީ ރަންބީރް ކެޓްރީނާއާ ލޯބީގެ ގޮތުން ގުޅުނު ފަހުންނެވެ. އޭގެ ފަހުން ސަލްމާން އާއި ރަންބީރު ދެ މީހުން ދެމީހުންނަށް ބަލާވެސް ނުލާކަމަށް ވެއެވެ.

ސޯނާ މޮހަޕަޓްރާ

ލަވަކިޔުންތެރިޔާ ސޯނާ މޮހަޕްޓްރާއާ ސަލްމާން އާ މައްސަލަ ޖެހުނީ ލަވައެއް ހަދަން ޖެހޭ ގޮތާއި ގުޅޭގޮތުންނެވެ. އެކަމާއި ގުޅޭގޮތުން ސޯނާ ވަނީ މީސްމީޑިޔާގައިވެސް ވާހަކަދައްކާފައެވެ. އޭގެ ފަހުން ދެ ތަރިން ތިބީ މައްސަލަ ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޯހަލާކު

    މިހަބަރެއްތަ؟

    13
    2
  2. އ. ޖ. އ

    ކޮބާ ތިތާ ކެރިއަރ ފުނޑު ފުނޑު ވެފަ ހުރި މީހެއް

    34
  3. މަރީ

    ރަނގަޅު ހަބަރެއްމީ. އެ ރަންބީރު ވެސް ފަލަފެޓެންހެން ހުއްޓާ ސަލްމާން ހިޔާލުދީގެން އޭނަ ފިލްމްއިންޑަސްޓްރީ އަށް ވަނީ. ސަލްމާން ފިލްމްއިންޑަސްޓްރީ ގަވެސް ގިނަމީހުންނަށް ވަރަށް އެހީވެދޭ އެކަމު ގިނަމީހުން ހެޔޮކަމެއްގެ ބަދަލުގަ ދެނީ ތެޔޮހަމެއް

    21
    • އ. ޖ. އ

      ސަލްމާން އަބަދުސް ހުންނަނީ ފަލަފެޓެއް ހެން.. އަދި ކެޓްރިނާ ވެސް ހަލާކު ކޮއްފިއެ

      3
      12
  4. ދޯ

    ސަލްމާން އަކީ އަވަހައް ލޭކެކޭ ސީރިއަސް މިޒާޖުގެ މީހެއްހެން ހީވޭ..

    3
    6
  5. އަހުން

    މިހާރު ސަލްމާނުޚާނު އަށް އެއްޗެތި ކިޔަންފެށީޔޯ!
    އަހުންއަޖާބުވެފަ މިހުންނަނީ!
    މިގައުމުގެ ހާލަތާ ރައްޔިތުން ބިނާކުރަން އުޅެބަލަ!
    މިތާންގަ ތިބިބަޔަކަށް އޭނަ އެއްޗެއް ކިޔާފިތ!!!!!!