ސްރީ ދޭވީގެ ފިރިމީހާގެ ކުރީގެ ކައިވެންޏަށް ލިބުނު ދެ ދަރިންކަމަށްވާ އަރްޖުން އާއި އަނުޝްލާ ކަޕޫރް ސްރީ ދޭވީގެ ދެ ދަރިންނަށް ވަރަށް ރަނގަޅެވެ. ޖަންވީ އާއި ޚުޝީއަށް މިހާރުވެސް ބައެއްގެ ސަޕޯޓް ވަރަށް ބޮޑަށް ވަނީ ބޭނުންވެފައެވެ.

އެއާއެކު އެ މީހުންނާއެކު ކައިރީގައި ހުރިކަން ސާބިތުކޮށްދިން އެކަކީ އަނުޝްލާއެވެ. އަނުޝްލާ ވަނީ މީސް މީޑިޔާގައި ޖަންވީ އާއި ޚުޝީއާ ދިމާއަށް މީހުން ކިޔަމުންގެންދާ އެއްޗެއްސަށް ރައްދުދީފައެވެ.

އަދި އެ މީހުންނާއި ދިމާލަށް އެފަދަ އެއްޗެހި ނުކިޔުމަށްވެސް ވަނީ އެދިފައެވެ.

މީގެ ކުރިން އަރްޖުން ވެސް ވަނީ އެ މީހުންގެ ދިފާއުގައި ނުކުމެފައެވެ. އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ލި ފޮޓޯއަކަށް ބަޔަކު ސްރީ ދޭވީގެ ދެ ދަރިންގެ އަބުރަށް ހުރުވާ ގޮތަށް އެއްޗެހި ކިޔުމުން އެންމެ ފަހުން އަނުޝްލާގެ ކެތްތެރިކަން ވަނީ ކޮޅުންލާފައެވެ.

އަނުޝްލާ ބުނީ، އޭނާގެ ދެ ކޮއްކައިންނާއި ގުޅޭގޮތުން ހަޑިހުތުރުބަހުން ވާހަކަ ނުދެއްކުމަށް އެދޭކަމަށެވެ. އަދި އެ ދެ މީހުންނާއި ދިމާއަށް އެއްޗެހިކިޔާފައި ހުރި ކޮމެންޓްތައް ޑިލިޓްކޮށްފައި ވާކަމަށް ވެސް އޭނާ ބުންޏެެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ މަރުވި ސްރީ ސްރީ ދޭވީގެ މަރަށްފަހު ބޮލީވުޑްގެ ފިލްމް އިންޑަސްޓްރީ އޮތީ ހަމަހިމޭންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ???????????????

  2. ޝަރުބީ

    ޢަނުޝްލާ އެއް ނޫން އަންޝުލާ ، ޖަންވީ އެއް ނޫން ޖާންވީ ބަލާފަ ލިޔެބަލަ ވަގުތު މީހުން

  3. ޖަސްޓިން

    ކީއްވެތަ ސްރީދޭވީގެ ދަރިން ވީމަ ނުކިޔަންވީ.. ކިޔަންވީ ހަމަ، އެއީ މާ މާތް ބައެއްތަ؟

    • މަ މިއު މަ

      ލޮލް ވަކި އޭނަގެ ދަރިން ވީތީވެ އެއް ނޫނޭ އެއުޅެނީ