އިންޑިއާ އަންހެނަކު އޭނާގެ ފިރިމީހާއަށް ޒަހަރުދީ މަރާލީ ފިރިމީހާ މާގިނައިން ބަނގުރާ ބޯތީ އެކަން ހުއްޓުވުމަށްކަމަށް ބުނެފިއެވެ.

ދިއްލީގެ މަންދިރް މަރްޖީ އޭރިއާގައި މިކަން ހިނގާދިޔައިރު، 54 އަހަރުގެ އެ މީހާ މަރުވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މުރްތީ ނަމަަކަށް ކިޔާ އެ ފިރިހެން މީހާއަކީ ފައިނޭންސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.

އޭނާގެ އަނބިމީހާ ރާމާ އާއި އިތުރު މީހަކު ގުޅިގެން ފިރިމީހާއަށް ޒަހަރު ބޯންދިއިރު، ފުލުހުން ވަނީ އެ މީހުން ހައްޔަރުކޮށްފައެެވެ.

އެ އަންހެން މީހާ ފުލުހުންނަށް މައުލޫމާތުދެމުން ބުނީ، އޭނާގެ ފިރިމީހާ މާގިނައިން ބަނގުރާ ބޯތީ އޭނާގެ މަތިން ވަރަށް ބޮަޑަށް ފޫހިވާކަމަށެވެ.

އަދި ފިރިމީހާގެ އެ އާދަ ނުހުއްޓުވި އާއިލާ ބޮޑު ދަރަނީގެ ތެރެއަށް ދިޔަކަމަށްވެސް އޭނާ ބުންޏެވެ.

ބަނގުރަލާއި، މަސްތުވާތަކެއްޗަކީ ވަރަށް އަވަހަށް ދެވިހިފާ ބާވަތުގެ ތަކެއްޗެވެ. އެފަދަ އެއްޗެއްސާއި ކައިރިވެއްޖެމީހަކު ދުރުވާން ވަރަށް އުނދަގޫވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހުވާ މަހީކުރީ ލައިލާކިޔާމީހަކު އަންނިކިޔާ މީހަކު މަރާލީކަމަށް.

  2. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
    We belong to Allah and to Him we shall return