ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ޖެހޭ މީހާގެ ބަދަލުގައި އެހެން މީހެއްގެ އޮޕަރޭޝަނެއް ކުރެވިގެން ޑޮކްޓަރުން ސަސްޕެންޑްކޮށްފިއެވެ.

ކެންޔާގެ ވެރިކަން ކުރާ ނައިރޮބީގައި މި ހާދިސާ ހިނގިއިރު، މި މައްސަލަ ދިމާވީ ދެ ބަލިމީހުން އޮޅިގެންކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރެއިން އެކަކީ ސިކުނޑިގެ ލޭ ގަނޑުވެގެން އޮޕަރޭޝަނެއް ކުރަން ޖެހޭ މީހެކެވެ. އަނެއް މީހާއަކީ ބޮލުގެ އެހެން މައްސަލައެއް އުޅޭ މީހެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޑޮކްޓަރުންނަށް އެ މީހުންނަށް ކުރެވުނީ ނުބައި މީހެއްގެ އޮޕަރޭޝަންކަން އެނގުނީ، އޭނާގެ ސިކުނޑީގައި ލޭގަނޑުވެފައިވާތަންކޮޅު ނުފެނުމުންނެވެ. އެއީ އެމީހާ އޮޕަރޭޝަން ކުރަން ފެށިތާ ގަޑިއެއްހާ އިރުފަހުންނެވެ.

ހޮސްޕިޓަލްގެ ސީއީއޯ ލިލީ ކޮރޮސް އާ ހަވާލާދީ ނޫސްތައް ބުނާގޮތުގައި، މިފަދަ ކަމެއް އެ ހޮސްޕިޓަލުން ކުރެވުމުން އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރަމެވެ. އެ ހާދިސާއަށްފަހު ބަލި މީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާކަމަށް އޭނާ ބުންޏެވެ.

ލިލީ އިތުރަށް ބުނިގޮތުގައި، މިހާރު އެ ބަލިމީހާ އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. އަދި ދެ މީހުންވެސް މިހާރު އޮޕަރޭޝަން ކުރެވިފައިވާކަމަށް އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެނޮނީމަސް

    އެވަރު ކަމެއް ހިނގާފާނެ