އަލްބާމާއަށް ނިސްބަތްވާ ދެމަފިރިޔަކަށް މިދިޔަ އަހަރު ތެރޭގައި އެ މީހުންނަށް އެއްމާބަނޑު ހަ ދަރިން ލިބޭ އުޅޭކަން އެނގުނެވެ. މިހާރު އެ ދަރިންގެ ފޮޓޯތައް މި ދެމަފިރިން ދަނީ ހިއްސާ ކުރަމުންނެވެ.

ކޯޓްނީ އާއި އެރިކް ވަލްޑްރޮޕްއަށް ހަ ދަރިން ލިބިފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ މީހުންނަށް ލިބުނީ ތިން އަންހެން ދަރިންނާއި ތިން ފިިރިހެން ދަރިންނެވެ.

އެ ކުދިންގެ ފޮޓޯތަކަށް ބަލާއިރު، އެ ކުދިން ހެދުން ލައްވާފައި ހުރީ ތަފާތު ކުލަތަކުންނެވެ. އަދި އެ ކުދިން ފެންނަނީ ނިދާފައި އޮއްވައެވެ.

އެ އާއިލާ ތިބީ އެ މީހުންނަށް ހަ ދަރިން ލިބުނީތީ ވަރަށް ބޮަޑަށް އުފާވެފައެވެ. އަދި އެ މީހުންގެ މުޅި ދިރިއުޅުން ބަދަލުވެފައިވާކަމަށް އެ އާއިލާއިން ބުންޏެވެ.

މި މީހުންނަށް ދަރިން ލިބިފައި ވަނީ ފާޓިލިޓީ ޓްރީޓްމެންޓަށްފަހުއެވެ. އަދި އެ ކުދިންގެ ބައްޕަ ބުނީ، ހަ ކުދިންނަށް އަންހެނުން މާބަނޑުވިކަން އެނގުމުން ފުރަތަމަ ވަރަށް ބޮޑަށް ބިރުގަތް ކަމަށެވެ. އެހެން ނަމަވެސް ފަހުން އެ ވިސްނުން ބަދަލުވިކަމަށް އޭނާ ބުންޏެވެ.

އެ ކުދިންނަށް ދީފައިވާ ނަންތަކަށް ބަލާއިރު، ރިވާސް، ރޭން، ރަވްލިންގ. ބްލޫ، ޓެގް އަދި ލޭކްއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ؟؟؟؟؟؟

    ****މަރުހަބަަަ

  2. މުއުމިން

    މާޝާﷲ