މިފަހަކަށް އައިސް ގިނަ އަންހެން ކުދިން ރޮއި ރޮއިފައި ދައްކާ އެއް ވާހަކަ އަކީ އެމީހުންގެ "ބޯއިފްރެންޑުން" އެމީހުން އިގްނޯ ކުރާ ވާހަކައެވެ. ތެދެކެވެ. މިއީ އިހްސާސްތަކެއް ހުރި އެއްވެސް އަންހެން ކުއްޖަކު ކުރިމަތިލާން ނޭދޭނޭ ކަމެކެވެ. އެހެން ނަމަވެސް، މިހެން ކަންތައް ވާން ޖެހެނީ ކީއްވެކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

މިފަދަ ކަމަކާއި ކުރިމަތިލާން ޖެހިފައިވާ ކޮންމެ އަންހެން ކުއްޖަކުވެސް މިވާހަކަ އެމީހުންގެ ރަހުމަތްތެރިންގެ ގާތު މި ވާހަކަ ހިއްސާ ކުރުމުން ބުނާނީ ފިރިހެން ކުއްޖާ އެގޮތަށް ކަންތައް ކުރަނީ އޭނާ ދެކޭ ލޯބި ނުވާތީ ކަމަށެވެ. ނަމަވެސް، ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ފިރިހެން ކުދިން އެމީހުންގެ ލޯބިވެރިޔާ އާއި ދުރަށް ދަނީ ލޯބި ނުވާތީ އެއް ނޫނެވެ. އެއީ ތި ދެމީހުންގެ ގުޅުން ރަނގަޅަށް ކުރިއަށް ނުދާތީއެވެ.

ފިރިހެން ކުދިންނަކީ އަބަދުވެސް މިނިވަން ކަމާއި އެކު އުޅެން ލޯބި ކުރާ ބަޔަކަށް ވާއިރު، އޭނާގެ މިނިވަން ކަމަށް މާ ބޮޑަށް ބާރު ފޯރުވައި، ހިފަހައްޓައިގެން ގެންގުޅޭ ނަމަ އެމީހުން ވަރަށް އަވަހަށް ފޫހި ވާނެއެވެ. އެމީހުންނަށް ކަންކަން މަނާ ކޮށް ހިފޭއްޓުމުގެ ބަދަލުގައި ނުސީދާ ގޮތަކަށް ތިބާ ހިތްހަމަ ނުޖެހޭ ކަން ފާޅު ކުރާށެވެ. ރަނގަޅު މީހެއް ނަމަ ވިސްނޭނެއެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ކަންތައްތަކާއި ފިކުރު ބޮޑުވެފައި ހުންނަ އިރު، ލޯބިވެރިޔާގެ ފަރާތުން އޭނާ އަށް ލޯބި ލިބުމުގެ ބަދަލުގައި ނުކުރަން ވީ ކަންކަމުގެ ލިސްޓެއް ލިބޭ ނަމަ އެއީ އޭނާ ކިޔަން ބޭނުންވާ ލިސްޓަކަށް ނުވާނެއެވެ. ނަތީޖާ އަކަށް ވަނީ އޭނާ ތިބާ ދެކެ ވާ ލޯބި މަޑުމަޑުން ފަނޑުވަމުން ގޮސް އެއްކޮށް ގެއްލުމެވެ.

އަންހެން ކުއްޖެއް ނަމަ ކަންކަމާއި ޝަކުވާ ކޮށް، ރޮއި ހެދުމުގެ ގޮތެއްވެސް ހުންނާނެއެވެ. ނަމަވެސް، ތިބާގެ ލޯބިވެރިޔާގެ ހާލަތާއި މެދު ވިސްނައި ކަން ކުރަން ޖެހޭ ގޮތް ފުރަތަމަ ދަނެގަންނާށެވެ. އޭރުން "ބޯއިފްރެންޑު އިގްނޯ" ކުރާތީ އުޅޭކަށް ނުޖެހޭނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހަމަ ލޯބި ނުވާތީ އެހެން އެދިމާވަނީ ޕާޓޭންނާ ރަށްޓެހި ވީމާ އެހެންވާނީ!