ބޫޓަށް އަރައިގެން އުޅުމަކީ މިހާރު ފެޝަނެކެވެ. އަދި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ އެމީހެއްގެ ޒިންމާދާރުކަން ރަމްޒުކޮށްދޭ ނިޝާނެކެވެ. ނަމަވެސް ބޫޓަށް އަރާ ގިނަ މީހުން ފަރުވާ ކުޑަކުރާ ވަރަށް ނުރައްކާތެރިކަމެއް އެބައޮތެވެ. އެއީ ހުސްފަޔާ ނުވަތަ އިސްޓާކީނު ނުލާ ބޫޓަށް އެރުމެވެ.

ގިނަ ބަޔަކަށް މިއީ އާދައިގެ ކަމެކޭ ހީވިޔަސް ހަޤީގަތުގައި އެއީ އާދައިގެ ކަމެއް ނޫނެވެ. އަދި އެއީ އެކަމުގެ ސަބަބުން ތިމާގެ ހަންގަނޑަށް ބޮޑެތި އަދި ނުރައްކާތެރި ބަލިތަށް ޖެހުމަށް މެދުވެރިވާ ކަމެއްވެސް މެއެވެ.

ކޮލެޖް އޮފް ޕޮޑިއަޓިރީގެ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ހުސްފަޔާ ބޫޓަށް އެރުމުން ދަށްފައިގައި އަށަގަންނަ ދަލާއި ތެތްކަމުގެ ސަބަބުން ފަންގަސް އަދި އިންފެކްޝަން އަށަގަތުމަށް މަގުފަހިވެއެވެ.

މިހާރު ހުންނަ ގިނަ ބޫޓުތައް ޑިޒައިން ކޮށްފައި ހުންނަނީ ބޭކްޓީރީއާ ހަރުލާގޮތަށް ކަމަށްވުމުން އިސްޓާކީން ނުލައި ބޫޓަށް އެރުމުން ފައިގައި އަށަގަންނަ ފަންގަސްގެ ސަބަބުން ހަމުގެ ކެންސަރާއި އަދި ހަންގަނޑު ރޫޖެހުމަށް މަހުފަހިވާ ކަމުގައި ން ކޮލެޖް އޮފް ޕޮޑިއަޓިރީގެ ސައިންސްވެރިން ބުނެއެވެ.

ނަމަވެސް މަދު ފަހަރެއްގައި ހުސްފަޔާ ބޫޓަށް އެރުމަކީ މައްސަލައެއް ނޫން ކަމުގައި ސައިންސްވެރިން ބުނެއެވެ. އަދި ހުސްފަޔާ ބޫޓަށް އެެރުމުގެ ކުރިންނާއި އެރުމުގެ ފަހުން ރަނގަޅަށް ފައިގެ ދަށްފުށް ދޮވުމަކީ މުހިންމު ކަމެކެވެ. ހުސްފަޔާ ބޫޓަށް އަރާނަމަ އެ އަރާ ބޫޓު ދޮވުމަކީ ނުވަތަ އޭގައިވާ ބެކްޓީރިއާތަށް ފިލުވުމަށް އެކަމަށް ޚާއްސަ އެއްޗެއް ބޭނުންކޮށްގެން ބޫޓު ދޮވުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދި އެއް ވާހަކަ ބުނަން

    މިޢީ ވަރަށް ވެސް ރަނގަޅު ފައިދާހުރި ލިޔުމެކެވެ. އަޅުގަނޑު މިއަށް އިތުރުކޮށްލަން ބޭނުންވަނީ، ބޫޓަށް ފައި ކޮއްޕާލުމުގެ ކުރިން ބޫޓުގެ އެތެރެ ރަނގަޅަށް ބަލާ ޗެކް ކޮށްލުމަށެވެ. ފަހަރުގަ ކަށިޖަހާ ޒާތުގެ ނުވަތަ ގެއްލުންދޭ ޒާތުގެ ސޫތްޕެއް ބޫޓަށް ވަދެ އޮވެދާނެ އެވެ. ޚާއްޞަކޮށް ރާއްޖޭން ބޭރު ޤައުމުތަކުގަ އުޅޭނަމަ މިކަމަށް އެންމެ ފަހަރަކުވެސް ފަރުވާކުޑަ ނުކުރުމަށް އެދެމެވެ. އެތަންތަނުގައި ނުރައްކާ ސޫފިތައް ގިނަވީމަ އެވެ.

    • މީ

      ޔާ. ތޭންކްސް

  2. މީ

    ތޭންކްސް