މީގެ ކުރިން ފެނިފައި ނުވާ، ޖިންސީ ގުޅުމުން ފެތުރޭ އާދަޔާއިޚިލާފު ނުރައްކާތެރި ބައްޔެއް އިނގިރޭސިވިލާތުގައި ދައުރުވަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސި ނޫސްތަކުގައި މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، އެޤައުމުގެ ހުޅަނގު އުތުރުގައި އޮންނަ އަވަށެއްކަމަށްވާ ސައުތްޕޯޓުން މި ބަލި ޖެހިގެން އަންހެނުންތަކަކަށް މި ބަލި ޖެހިގެން މިހާރު ފަރުވާދެމުންދާކަމަށެވެ.

ބެކްޓީރިއާއެއްގެ ސަބަބުން އުފެދޭ އިންފެކްޝަނަކުން ޖެހޭ މި ބައްޔަށް އަދި ސީދާ ފަރުވާއެއް ހޯދިފައި ނެތްއިރު، ސިއްޙީ ތަޖުރިބާކާރުން ބުނެފައިވަނީ މިއީ ވަރަށް ނުރައްކާތެރި ބައެއްޔެއް ކަމަށެވެ. އެގޮތުން މި ބަލި ޖެހުމުން އިންސާނާގެ ޖިންސީ ގުނަވަންތައް އިންފެކްޓުވެ ހަލާކުވެދާއިރު، އެ ގުނަވަންތަކުން ލޭއައިސް ދުޅަވެ ފުރާނައަށްވެސް ނުރައްކާތެރި ހާލަތުތައް މެދުވެރިކުރާކަމަށް އެފަރާތްތަކުން ބުނެއެވެ.

އޮފިޝަލުން ބުނެފައިވަނީ މި ބަލި ޖެހިފައިވާތަނެއްގައި ހުންނަލޭ އަނެކާގެ ލެޔާއި ގުޅުމުން ބަލި ފެތުރޭކަމަށާއި، އެންމެ ޢާންމު ގޮތެއްހައި މިބަލި ފެތުރެނީ ޖިންސީ ގުޅުމުންކަމަށެވެ. އެހެންކަމުން މިކަމަށް ސަމާލުވެ އެފަދަ ހާލަތެއް މެދުވެރިވެފައިވާކަމުގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެެއްގެ އިރުޝާދު ހޯދުމަށް އެފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ބަލި މީގެ ކުރިން އެމެރިކާ އާއި ދެކުނު އެފްރިކާ އާއި އޯޝަނިއާގެ ބައެއް ސަރަޙައްދުތަކުން ވެސް ވަނީ ފެނިފައެވެ. މިއީ އަވަހަށް ފަރުވާނުކުރެވިއްޖެ ނަމަ ފަސޭހަވުމުގެ ފުރުސަތު ކުޑަ ބައްޔެއް ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަބާރު

    މިބައްޔަށް ބަހުގެ އެކަޑެމީގެ ބޭފުޅުން ކީ ބަހަކީ "ޗަސްވެއްޓޭބަލި" އެވެ.

  2. ގަމާރުމޯލްޑިވިއަން

    މުސްލިމުން ގަދަ ވަނީޔޯ

  3. އަޅުގަނޑު

    ސުބުހާނަﷲ. މީ ހުތުރުކަން ބޮޑު ފާފައެއް މިކަމާ ކައިރިވެސް ނުވުން އޮންނަނީ