ފެޝަންއަށް ލޯބިކުރާ މީހުން މަދެއް ނޫނެވެ. ހާލަތާއި ތަނުގެ ގޮތުން ހީނުކުރާ ގޮތަކަށް ތަފާތު ފެޝަންތައް ތައާރަފްވެ ކުރިން ލަދުން ފޮރުވަން މަސައްކަތް ކުރި ކަންކަން މިހާރު ފެޝަންގެ ތެރޭގައި މި ވަނީ ހިމެނިފައެވެ. އޭގެ ތެރޭގައި އިސްތަށި ނުރަވުމަކީ އެއް ކަމެވެ.

މީގެ ކުރީގައި އިސްތަށިގަނޑު ނުރަވެއްޖެނަމަ އަވަހަށް ކަޅު ކުރެއެވެ. އެއީ އެހެންބަޔަކަށް އެކަން އެނގިދާނެތީއެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި، އެއީ މީހާ މުސްކުޅިވާކަމުގެ އަސްލެވެ.

މިގޮތަށް ތަފާތު ގޮތްގޮތަށް ވާހަކަދައްކަމުންދާއިރު، ލިޔުންތެރިއެއްކަމަށްވާ ލޮރެން މެސޭ ނަމަކަށް ކިޔާ އަންހެނަކު މިހާރު ވަނީ ނުރަ އިސްތަށިގަނޑަކީ ފެޝަންގެ ތެރޭގައި ހިމެނިދާނެ ކަމެއްކަމަށް ބުނެދީ ހާއްސަ މިޝަންއެެއް ފެއްޓުމަށް ތައްޔާރުވަމުންނެވެ. އެ މިޝަންގައި އޭނާ ބޭނުންވަނީ ނުރަ އިސްތަށިތައް ހުރުމަކީ ފެޝަންއެއްކަމަށް ބަޔަކަށް އަންގާ ދިނުމެވެ.

ޅަ އުމުރުގައިވެސް ބައެއް މީހުންގެ އިސްތަށިގަނޑު ނުރަވެއެވެ. އެއީ އިސްތަށިގަނޑުގައި އުފެދިފައި ހުންނަ ޕިގްމެންޓްތައް މަރުވުމުންނެވެ. އެހާ ޅަ އުމުރުގައި ބައެއް މީހުންގެ އިސްތަށިގަނޑު ނުރަވަނީ ކީއްވެކަން ސައިންސްވެރިންނަށް އަދި ހޯދިފައެއް ނުވެއެވެ.

އެހެން ނަމަވެސް މިހާރު އެކަން ބަލާކަށްވެސް ބޭނުން ނުވާ ކަހަލައެވެ. ނުރަ އިސްތަށިގަނޑުގައި ހުރުމުން މީހާ އިތުރަށް ރީތިކަމަށްވެސް ދައްކައެވެ.

 

ކިޔުންތެރިންގެ ހިޔާލު