މަދުންނޫނީ ނުފެންނަ ބައްޔެއް ބޮލީވުޑްގެ މަސްހޫރު ތަރި އިރްފާން ޚާންއަށް ޖެހިފައިވާކަމަށް އޭނާ ބުނެފިއެވެ.
އިރްފާން ޚާން އެހެން ބުނީ އިއްޔެ އޭނާ ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ "ބައެއް ފަހަރު އަހަރެމެންނަށް ހޭލެވެނީ ހީވެސްނުކުރާ ފަދަ ބަދަލަކާއެކު. މިވޭތުވެދިޔަ 15 ދުވަހަކީ އަހަރެންގެ ހަޔާތަށް އައި މުޅިން ތަފާތު ވާހަކައެއް. މަދުން ނޫނީ ނުފެންނަ ވާހަކައެއް ފަދައިން އަހަރެންނަށް މިވަނީ ވަރަށް މަދުންނޫނީ ނުފެންނަ ބައްޔެއް ޖެހިފައި. އަހަރެން މި ބައްޔާ ދެކޮޅަށް ކުރާ ހަގުރާމައިގައި ގޮތް ދޫކޮށެއް ނުލަން. އަދި ގޮތް ދުލެއް ނުވެސް ކުރާނަން. އަހަރެންގެ އާއިލާއާއި އަހަރެންގެ ރައްޓެހިން ތިބީ އަބަދުވެސް އަހަރެންނާއެކު. އަދި މިދަނީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން. އެއްވެސް ބޭފުޅަކު މިކަމާއި މާބޮޑަށް އަދި ނޫޅުމަށް އެދެން. ކުރިޔައް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި އަހަރެންގެ މިބަލީގެ ހުރިހާ ތަފްސީލެއް އަހަރެން ދޭނަން" އެވެ.
އޭނާ ކުރި ޓްވީޓްއާއި ގުޅިގެން އޭނާގެ ސަޕޯޓަރުންނާއި ބޮލީވުޑްގެ އެކި ފަންނާނުންގެ އިތުރުން ގިނަބަޔަކު ދަނީ އެނާއަށް އަވަސް ސިފާއަކަށް އެދެމުންނެވެ. އަދި އެމީހުންވެސް ތިބީ އިރްފާން ޚާން އާއި އެކުގައި ކަމަށާއި އޭނާގެ ބައްޔަށް ސިފާލިބެންދެން އެމީހުންވެސް އޭނާގެ ފަހަތުގައި ވާނެކަމަށް ބުނެފައިވެއެވެ.
އިރްފާން ޚާންގެ ސްޕޯކްސްޕާސަން ވަނީ މީގެ ކުރިން އިރްފާން އަށް ޖެހިފައިވަނީ ފުރަމެޔަށާއި ލޭގެ ތެރެއަށްޖެހޭ ވަރަށް ނުރައްކާ އަދި މަދުން ނުނީ ނުފެންނަ ބައްޔެއް ޖެހިފައިވާކަމަށްވެސް ބުނެފައެވެ.
އިރްފާން ޚާން އަށް މި ބަލި ޖެހުނުއިރު އޭނާ ވަނީ ދީޕިކާ ޕަޑޫކޭ އާއި އެކު ފިލްމެއް ކުޅެން ތައްޔާރުވެފައެވެ. ނަމަވެސް މިބަލީގެ ހަބަރާއެކު އެފިލްމް ޑައިރެކްޓަަރު ވިޝާލް ބަރްވާޖް ވަނީ އެ ފިލްމްގެ ޝޫޓިންތަށް ފަށުން ލަސްކޮށްފައެވެ.
ލޮލް
ކިހާ ދެރަކަމެއް. ސިފާއެއް ނޫނޭ.. ޝިފާ އޭ ކިޔަނީ.. ޝީނު ކިޔަން ދަސްކޮށްބަލަ..
އަޖައިބެއް ފަހެ ނުވާނެތަ؟؟؟ ކޮންތާކުން ނެރެގެން އުޅޭ ދީޕިކާ "ޕަޑޫކޭ"އެއްތަ؟؟؟ އެއީ ކޮންއިރަކު ކޮންތާކުން އުފެދިގެން އުޅޭ ތަރިއެއްތަ؟؟؟؟
??
އިންޝާﷲ އިބަﷲ ރުހިވޮޑިގެންވާ އަޅުންނަށް ތެދުމަގު ދައްކަވާނދޭވެ ޝިފާ ދެއްވަވާނދޭވެ. އާމީން