މޫދުގައި ފެތުމަށް ނަމަވެސް ގިނަވަގުތު ހޭދަކުރުމަކީ ބަނޑުގައި ޖަރާސީމު އުފެދުމާއި ކަންފަތުގައި ރިއްސުން ފަދަ ތަފާތު ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
120000 މީހުން ހިމެނޭ ގޮތަށް ކުރެވުނު މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި، އާންމު ގޮތެއްގައި މޫދަށް އެރި އުޅޭ މީހުންނަށް ކަންފަތުގެ ރިއްސުމުގެ ބަލި ޖެހުމުގެ 77% އޮވެއެވެ.
ދިރާސާ ކުރައްވާ ފަރާތްތަކުން ޤަބޫލު ކުރައްވާ ގޮތުގައި މޫދަށް އެރި އުޅުމަކީ އޭގެ ސަބަބުން ސިއްޙީ އެތައް ފައިދާތަކެއް ވެސް ލިއްބައިދޭ ކަމެކެވެ. ފެތުމުގެ ސަބަބުން ހުޅުތަކަށް ކަސްރަތުވެސް ލިބިގެންދާނެއެވެ. އެހެންނަމަވެސް މި ކަމުގެ ސަބަބުން ލިބިގެންދާ ގެއްލުންތަކާއި ޖެހޭ އެކި އެކި ނުރައްކާތެރި ބަލިތަކަށް ސަމާލުވުން ވެސް މުހިންމު ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
ދިރާސާގެ ރިޕޯޓްގައި ވާ ގޮތުގައި، ބައެއް މީހުންނަށް ވަރަށް ފަސޭހައިން އިންފެކްޓް ވިޔަސް އެކަމުން އަރައިގަނެވޭނެއެވެ. އެކަމަކު އަނެއް ބައި މީހުންނަކީ ވޭން ތަހައްމަލު ކުރަން ފަހަރުގައި ޖެހޭނެ ބައެކެވެ. ވަކީން ޚާއްސަކޮށް ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ މުސްކުޅިންނެވެ.
މިހެން ދިމާވާ މައިގަނޑު ސަބަބަކީ ލޮނުގަނޑު ތަޤައްޔަރުވުމެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މޫދަށް އެރި އުޅޭ މާހައުލު ސާފުތާހިރު ކޮށް ބޭއްވުމެވެ.
ތިއީ ރާއްޖޭގައި ކުރެވުނު ދިރާސާއެއްބާ ؟ ޙިއެއްނުވޭ ރާއްޖޭގެމީހުންނަށްއަސަރެއް ކުރާނެހެން ، ސަބަބަކީ ރާއްޖޭގެމީހުންނަކީ މޫދުގައި އުޅެބޮޑުވެ މޫދައް ހޭނިފައިވާ ބަޔަކަށްވާތީ
ރާއްޖޭމީހުން ކަންފަތް މައްސަޖެހިފައިކަންނޭގެ ތިބީ މީހަކު ކިތަންމެ ރަނގަޅުވާހަކައެއް ދެއްކިޔަސް އަޑެއްނާހާނެ