ހޮލީވުޑްގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމުގައިވާ ލިޔަނާޑޯ ޑިކަޕްރިޔޯ އާއި ބްރެޑް ޕިޓް ފުރަތަމަ ފަހަރަށް އެއް ފިލްމަކުން ފެންނަން ތައްޔާރުވެއްޖެއެވެ.

މިކަން ވަނީ ސޮނީ ޕިކްޗާސް އިން ޔަގީން ކޮށްދީފައެވެ. ގިނަ ފިލްމްތަކެއް އުފައްދާފައިވާ ސޮނީ ޕިކްޗާސްއިން ބުނީ އެމީހުން އުފެއްދުމަށް ތައްޔާރުވަމުންދާ ފިލްމް "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" ގައި ހަރަކާތް ތެރިވާނީ އެ ދެފަންނާނުން ކަމަށެވެ.

މިއީ ހަމަގައިމުވެސް އެ ދެއެކްޓަރުންގެ ސަޕޯޓަރުންނަށް ވަރަށްވެސް އުފާވެރި ހަބަރެކެވެ. އަދި މިއީ ވާދަވެރި ހޮލީވުޑްގައި އެންމެ ވާދަކުރާ ދެފަންނާނުންނަށްވެސް ޗެލެންޖިން ފިލްމެކެއެވެ. މި ފިލްމްގެ އެއްވެސް މަންޒަރެއް އަދި ނަގަން ފަށާފައި ނުވިނަމަވެސް މި ފިލްމް 19 އޮގަސްޓް 2019 ގައި ރިލީޒް ކުރެވޭނެކަމަށް ސޮނީ ޕިކްޗާސްއިން ވަނީ ބުނެފައެވެ.

ސްނީ ޕިކްޗާސްއިން މައުލޫމާތު ދޭގޮތުގައި މިއީ 1969 ގައި އިގިރޭސިވިލާތުގައި ހިނގާދިޔަ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އަދި މި ފިލްމްގެ ސްކްރިޕްޓް ލިޔުމަށް ލިޔުންތެރިޔާ 5 އަހަރު ހޭދަކޮށްފައިވާ ކަމަށް ވެއެވެ.

މި ފިލްމް ޑައިރެކްޓް ކޮށްދެނީ ދެފަހަރު އޮސްކާ ހާސިލްކޮށްފައިވާ މޮޅު ޑައިރެކްޓަރ ޓްރަންޓީނޯއެވެ. އެނާގެ "ޑީޖަންގޯ އަންޗެއިންޑް" އާއި ދަ ކުރޫޒް ކޭސް އޮފް ބެންޖަމިން ބަޓަން" އަށް ވަނީ އޮސްކާ އެވޯޑް ލިބިފައެވެ. އަދި މި ފިލްމްގައި ހަރަކާތްތެރިވާ ލިޔަނާޑޯ ޑިކަޕްރިޔާ އަށްވެސް ބަނީ 2016 ގައި އެނާ ކުޅެދިން "ދަ ރެވެނަންޓް" ފިލްމުން އޮސްކާ ލިބިފައެވެ. އަދި ބްރެޑް ޕިޓް އަކީވެސް ދެފަހަރެއްގެ މަތިން އޮސްކާއަށް ނޮމިނޭޓް ވެފައިވާ ފަރާތެކެއެވެ.