ދުނިޔޭގައިވާ ބައެއް ސޫފާ ސޫތްޕަކީ ވިހަގަދަ ތަކެއްޗެކެވެ. އަދި އެ ސޫފިތަށް ބަލާލަން ރީތި ވިޔަސް ނުވަތަ އޭގެ ސައިޒުގެ ގޮތުން ކުޑަ ނަމަވެސް އެއީ އިންސާނުންގެ ފުރާނައަށް ނުރައްކާ ކޮށްފާނެ އެއްޗަކަށްވެސް ވެދާނެއެވެ.

އެގޮތުން މެހީގެ އާއިލާއަށް ނިސްބަތްވާ ޓީސެޓްސޭ ފްލައި އަކީ އެގޮތުން ފާހަގަކޮށްލެވޭ ސޫއްޕެކެވެ. މަދިރި ފަދައިން ޓީސެޓްސޭ އަކީ އިންސާނުންނާއި ޖަނަވާރުންގެ ގައިންް ލޭބޯ ސޫތްޕެކެވެ. އަދި މި ސޫފި އިންސާނެއްގެ ގަޔަށް ކަށި ޖެހުމުން އެ އިންސާނެއްގެ ހޭވެރިކަން ވަގުތުން ގެއްލޭ ކަމަށް ސައިންސްވެރިން ބުނެއެވެ. އެއީ ކަށި ޖެހުމާއި އެކު ސޫފީގެ ޒަރީއާއިން ހަށިގަނޑުގެ ލޭގެ ތެރެއަށް ފޮނުވާލާ ވިހަ ކެމިކަލްއެއްގެ ސަބަބުން ކަމުގައި ސައިންސްވެރިން ބުނެއެވެ.

މި ސޫފީގެ ނުރައްކާތެރިކަން ހާމަކޮށްދިނުމަށް ސައިންސްވެރިން މި ސޫތްޕަށް ދީފައިވާ ނަމަކީ ގޮލޯސިއާނާއެވެ. މި ސޫފި ގިނަިއން ފެންނަނީ އެފްރިކާ ބައްރުގެ ގައުމުތަކުންނެވެ. މި ސޫފީގެ ސަބަބަުން ނުރައްކާތެރި އެތަކެއް ބަށްޔެއް ފެތުރެއެވެ.

މިއާދައި ހަމައަށް ދާއިމީ ފަރުވާއެއް ހޯދިފައިނުވާ "ސްލީޕިންގް ޑިޒީސް" އަކީ ޓީސެޓްސޭގެ ސަބަބުން ޖެހޭ ބައްޔެކެވެ.

އެބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ 2009 ވަނަ އަހަރުގެ ތެރޭގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ. އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން އަންނަނީ އެ ބަށްޔަށް ދާއިމީ ހައްލއް ހޯދައި 2020 ވަނަ އަހަރު އަންނަން ވާއިރަށް އެ ބައްޔަކީ ދުނިޔެއިން ނައްތާލެވިފައިވާ ބައްޔަކަށް ހެދުމެވެ.

ސްލީޕިންގް ޑިޒީސްގެ ސަބަބުން އެތަށް ބައެއް މަރުވެފައިވާއިރު މިހާރު އެބަލި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. އެއީ އެފްރިކާ ބައްރުން ޓީސެޓްސޭގެ ނިސްބަތް މަދުވުމާއި ގުޅިގެން ކަމަށް ސައިންސްވެރިން ބުނެއެވެ،

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓެސްތެސް

    މާތް ކަލާކޯ އެއީ ސެޓްސޭ ފްލައި......

  2. މ

    ޔާﷲ

  3. މުސްލިމް

    ހުރިހާ ބަލީގެ ޝިފާވެސް އެއީ ޤުރުއާން މުސްލިމުން ހާސްވާކަށް ނުޖެހޭ އިންޝާﷲ. އަލްހަމްދު ލިﷲ. މާތްﷲ ހެޔޮރަހުމަތްފުޅުން އެއީ ކިހިނެއްކަން އަންގަވައިދެއްވަވާ މީހަކަށް ވަރަށް ރަނގަޅަށް އިނގޭނެ އަދި ނާންގަވާ މީހަކަށް ނޭނގޭނެ