އަންހެން ކުއްޖަކު ފުރާވަރަށް އެރުމަށްފަހު ދިމާވާ އެންމެ ވޭން ހުރި ކަމަކީ މައްސަރު (ޕީރިއަޑް) ގެ ދުވަސްވަރެކެވެ. ބައެއް ފަހަރު އެވޭނުގައި އެތަކެއް ތަކުލީފުތަކެއް އުފުލަން ޖެހޭއިރު މައްސަރު ދުވަސްވަރު ހަށިގަނޑުގައި އަޅާ ވޭން ކުޑަކޮށްދޭ އެންމެ ރަނގަޅު ކާނާއަކީ ޗޮކްލެޓް ކަމުގައި ގިނަ ސައިންސްވެރިން އިއްތިފާގުވެެވެ.

އެގޮތުން މައްސަރު ދުވަސްވަރު ޑާކް ޗޮކްލެޓް ކެއުމުން ލިބޭ ބައެއް ސިއްހީ ފައިދާތަށް ތިރީގައި އެވަނީއެވެ.

ހަމަށް އޮމާންކަން ގެނެސްދިނުން

ޕީރިއަޑްގެ ދުވަސްވަރު އާދަޔާ ހިލާފަށް މޫނު މަތިން ބިހި ނަގާކަން ފާހަގަވާނެއެވެ. އަދި ހަންގަނޑުގެ އެކި ދިމަ ދިމާ ހިރުވުމާއި އެނޫންވެސް އުނދަގޫތަށް މައްސަރު ދުވަސް ވަރުގައި ކުރިމަތިވާނެއެވެ. ނަމަވެސް ޗޮކްލެޓްގައި އެކުލެވޭ މިނަރަލް އަދި ވިޓަމިންގެ މާއްދާތަކުގެ ސަބަބުން މޫނުގައި ބިހި ނެގުމާއި ހަންގަނޑަށް ކުރިމަތިވާ އެކި އެކި މައްސަލަކުން ރައްކާތެރިކޮށްދެއެވެ.

މޫނަށް އުފާވެރިކަން ގެނެސްދިނުން

މައްސަރު ދުވަސްވަރު މޫނުމަތީގެ އުފާވެރިކަން ގެއްލިދެއެވެ. އަދި އަބަދުވެސް ހާސް ކަމާއި ވަރުބަލިކަން އިހްސާސް ކުރުވައެވެ. ނަމަވެސް ޗޮކްލެޓް ކެއުމުން މީހާގެ މޫޑް ރަނގަޅުވެ މީހާގެ މޫނަށް އުޖާލާކަން ވެރިކޮށްދެއެވެ.

ތަދު ފިލުވައިދިނުން

މައްސަރު ދުވަސްވަރު ޗޮކްލެޓް ކެއުމުގެ ސަބަބަުން ދަށްބަނޑުގައި ހުންނަ ތަދަށް ލުއިކަމެއް ގެނެސްދޭނެވެ. އަދި އޭގެ ސަަބަބުން ހެލިފެލިވެ އުޅުމަށް ފަސޭހަވެގެންދާނެއެވެ.

ކަންބޮޑުވުންތަކުން ދުރުކޮށްދިނުން

މައްސަރު ދުވަސްވަރު ގިނަ ކުދިންނަކީ އަބަދުވެސް ކޮންމެވެސް ކަމަކާއި މާޔޫސްވެ ކަންތައްތައް ކުރަން ފޫހިވާ ކުދިންނެވެ. އެއީ އެކުދިންގެ ހަށިގަނޑުގައި ހޯމޯން ގިނަވުމުގެ ސަބަބުންނެވެ. ނަމަވެސް ޗޮކްލެޓް ކެއުމުގެ ސަބަބުން ހޯމޮންތައް މަދުކޮށް މާޔޫސްކަމުން ދުރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. nameh neynge

    ތިޔައީ ހުސް ފޭކު ވާހަކަ...ވަގުތު މީހުން ފަރަށްދޭބަލަ...

    • ހުސޭނުބޭ

      ކެކެކެކެކެކެ... އަޅެ ފަރުގައި ބޮލިހިހަން ތިބެގެން ލިއުނު އެއްޗެކޭ އެއީ