މާމުޔަކީ އެއިން ސިއްހީ އެތަށް ފައިދާއެއްވާ އެއްޗެއް ކަމީ އެންމެންނަށް އެނގޭ ހަޤީގަތެކެވެ. އެކި އެކި ބޭނުންތަކަށް މާމުއީގެ ބޭނުން ކުރާއިރު އޭގައި އެކުލެވިގެންވާ މާއްދާތަކަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިންމު މާއްދާތަކެކެވެ.

ކެއްސުމަކީ ގިނަ ބަޔަކަށް ވަރަށް ގިނައިން ކުރިމަތިވާ ކަމަކަށް ވީ ހިނދު ކެއްސުމަށް އޮތް އެންމެ ރަނގަޅު ފަރުވާ އަކީ މާމުއި ކަމަށް ދާދި ފަހުން ސައިންސްވެރިން މިވަނީ ބުނެފައެވެ.

އާންމު ގޮތެއްގައި ކެއްސުމަށް ޑޮކްޓަރުން ދޭ ބޭހުގެ ސަބަބުން ކެއްސުން އެއްކޮށް ރަނގަޅުވަން ދުވަސް ނަގާ ކަމަށާއި އަދި ޑޮކްޓަރުންދޭ އެންޓިބަޔޮޓިކްސް ބޭނުން ކުރަން ޖެހޭ މިންވަރަށް ވުރެއް އިތުރަށް ބޭނުންކޮށްފިނަމަ އިތުރު ބަލިމަޑުކަމާއި ކުރިމަތިލާން ޖެހިދާނެ ކަމުގައި ސައިންސްވެރިން ބުނެއެވެ.

އަދި ހޫނުބުއިމަކާއި އެކު މާމުއި ބުއިމުން ކެއްސުން ވަރަށް އަވަހަށް ފަސޭހަވާ ކަމަށް ނޭޝަނަލް އިންސިޓިއުޓް އޮފް ހެލްތް އެންޑް ކެއަރ އެކްސެލެންސް އަދި ޕަބްލިކް ހެލްތް އިންގްލެންޑްގެ ސައިންސްވެރިން ބުނެއެވެ.

ގިނަ ފަހަރަށް ކެއްސަނީ ވައިރަސް އެއްގެ ސަބަބުން ކަމަށާއި އެންޓިބަޔޮޓިކް ބޭނުންކޮށްގެން އެކަމަށް އެދެވޭ ފަރުވާއެއް ނުކުރެވޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ކެއްސުމުގެ އިތުރަށް މާމުޔަކީ ހަންގަނޑުގެ ދުޅަހެޔޮކަމާއި ހަށިގަނޑުގައި ވަރުޖެއްސުމަށްވެސް ބުއިން މުހިންމު އެއްޗެކެވެ. އަދި އެއީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ބުއިމެއްވެސް މެއެވެ.

ނަމަވެސް އުމުރުން އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް މާމުޔަކީ އެއްގޮތަކަށްވެސް ދިނުން އެދެވިގެންވާ އެއްޗެއް ނޫނެވެ. އެހެނީ މާމުއީގައި އެކުލެވޭ ބެކްޓީރިއާއެއްގެ ސަބަބުން އިންފެންޓް ބޮޓުލިޒަމް އަށް މަގުފަހިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    އަސްލު މާމުއިގައި ބަލިޖައްސާނެ އެއްވެސް ޖަރާސީމެއް ހުންނާނެގޮތަކީ ނެތްގޮތެކެވެ. އެހެނީ އެއީ ޝިފައެއްކަން ޙަދީޘުންވެސް ސާބިތުވާތީ އެއީ ވަކި ޢުމުރެއްގެ ކުދިންނަށް ދިނުން ރަނގަޅުނޫން އެއްޗަކަށް ނުވާނެއެވެ.

  2. 3ނިރު

    ނުރަބޯ ތިބުނީ ރަގަޅު ވާހަކައެއް މިހާރު ހުންނަނީ ހަކުރުބޯން ދީގެން އުފައްދާފައި ހުންނަ މާމުއި އޮރިޖިނަލް އކަށް ނުވާނެ ދޯ