އިންޑިއާގެ މަޝްހޫރު އަދި އެންމެ އަގުބޮޑު އެއް ފިލްމީ ތަރިކަމުގައިވާ ސަލްމާން ޚާންއާ ކައިވެނި ކުރަން ކަމަށް ބުނެ، އުމުރުން 24 އަހަރުގެ އަންހެނަކު އޭނާ ދިރިއުޅޭ ގެއިން ފިލައިފިއެެވެ.

އުއްތަރްޚާންދްގައި ދިރިއުޅެމުން އަންނަ އެ އަންހެން މީހާއަކީ ސިކުނޑީގެ މައްސަލަތަކެއް ހުންނަ މީހެކެވެ. އެ އަންހެން މީހާ ވަނީ ސަލްމާން އާއި ކައިވެނި ކުރަން ކަމަށް ބުނެ މުމްބާއިއަށް ގޮސްފައެވެ.

އޭނާ ގެއިން ފިލައިގެން މުމްބާއީ އަށް ދިޔައީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ބަންޑްރާގައި ހުންނަ ސަލްމާން ދިރިއުޅޭ ގެލެކްސީ އެޕާޓްމެންޓަށް ވަންނަން މަސައްކަތް ކުރަން އުޅުނެވެ. އެހެން ނަމަވެސް އެކަން ހުއްޓުވީ އެގެ ބަލަހައްޓަން ހުންނަ ސެކިޔުރިޓީ ގާޑެވެ. އެ ގާޑު ވަނީ އެ މީހާ އެގެއަށް ވަދެ ނުދިނުމަށް މަސައްކަތްކޮށް ފުލުހަށް ގުޅާފައެވެ.

ކުސުމް ނަމަކަށް ކިޔާ އެ އަންހެން މީހާ ފުލުހަށް ގެންގޮސް މައުލޫމާތު ހޯދުމުން އެނގުނު ގޮތުގައި، އޭނާ މުމްބާއަަށް ދިޔައީ ސަލްމާން އާއި ކައިވެނި ކުރުމަށެވެ. އަދި ކުސުމްގެ ބައްޕަ ބުނެފައިވާ ގޮތުގައި، އޭނާ ވަރަށް ގިނައިން ބޭރަށް ނުކުމެގެން ދެއެވެ.

ސަލްމަން މިހާރު ވަނީ މަލްޓާ އިން އިންޑިއާއަށް އެނބުރި ގޮސްފައެވެ. އަދި އޭނާގެ ޓެލެވިޒަން ޝޯވ ބިގްބޮސް 12 އާ ގުޅޭގޮތުން ހާއްސަ ޕްރެސް ކޮންފަރެންސްއެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައިނީ

    އަޅެ އެންމެ ސަލްމާނެއްތަ އިންޑިޔާގަ އުޅެނީ

  2. ވޮއީސް އޮފް ހުވަދޫ

    މިއޮތް ބޮޑު ގައުމުން ލިޔާނެ އިތުރު ވާހަކަ އެއް ނެތީ ތޯ؟ މީ ދެން ކޮން ބޯކޮސް ވާހަކައެއް މިނޫސް ވެރިކަން އަހަރުމެން ބޭނުމެއް ނޫން ،

  3. އިބުރޭ

    ތިމަންޖެ އެބައުޅޭ ރަސްފަންނު ކައިރީގައި ސަލްމާން ހޯދަން.. ސިކުނޑިއެއްނުން މައްސަލައަކީ ހިއްސުތަކަށް ކެއްނުވީ އެސޮރު އިންސްޓަގްރާމްކުރާ ފޮޓޯތައް ފެނިފަ..