މީހުން އަބަދުވެސް ބުނާ އެއްވާހަކަ އޮވެއެވެ. މަންމަ ގާތުގައި ހުރެއްޖެނަމަ ގިނަ ކަންތައްތަކެއް ކުރަން ފަސޭހަވެގެން ދާނެއެވެ. މިކަމާ ދެބަސްވާނެހެނެއް ހީއެއްނުވެއެވެ.
އެހެންނަމަވެސް މަންމަ މާ ބޮޑަށް ބިޒީވެއްޖެނަމަ ދެންވާނީ ކީއްހެއްޔެވެ. މަންމައަށް ދަރިފުޅަށް ވަގުތު ނުދެވޭނަމަ ދެން ވާނީ ކީތްހެއްޔެވެ.
މަންމައާއި ދަރިއެއްގެ ލޯބި ދައްކުވާދޭ ވީޑިއޯކޮޅެއް މިދަނީ މީސްމީޑިޔާގައި އާއްމުވެ، ގިނަ ބައެއްގެ ހިތްތައް އަތުލަމުންނެވެ. ވީޑިޔޯގައި ދައްކުވައިދެނީ ވަރަށް ބިޒީ މަންމައެކެވެ. އެތަކެއް ބަލިމީހުނެއްގެ ޒިންމާ ކޮޑުގައި އެޅިފައިވާ ޑަކްޓަރެކެވެ. އެހެންނަމަވެސް، ޕާކިސްތާނުގައި ކުޅެފައިވާ މިވީޑިއޯއިން މަންމަގެ ބިޒީ ލައިފްއިން ދަރިފުޅަށް ހިތްހަމަ ޖައްސާދެވޭތޯ ކުރާ މަސައްކަތް ދައްކުވާދެއެވެ.
Sometimes it's the little things that make all the difference. Real moments form real relationships.#PeekFreansCakeUp #RealRishtey #RealGoodnessInside
Posted by Peek Freans Cake Up on Friday, February 16, 2018
ބައެއް ފަހަރު ކުދިކުދި ކަންކަމުން ބޮޑު ނަތީޖާއެއް އަންނާނެކަމަށް ކެޕްޝަންގައި ލިޔެފައިވާ މިި ވީޑިއޯ މިލިޔަނަކަށްވުރެ ގިނަ މީހުންވަނީ ބަލާފައެވެ
އަސްލު އެއްޗަކީ ކޭކް އިސްތިހާރެއް، ތިޔަކީ އައު އެއްޗެއްނޫން. ވީޑިއޯގައި ފެންނަ ކަންތައްތަކަކީ ކުޑަކުދިންނަށް ދައްކަން ރަނގަޅު އެއްޗެއް. އިބުރަތްތެރި ފިލާވަޅެއް. އިސްތިހާރުތައް މިފަދަ ރަނގަޅު މެސެޖްތަކާއިއެކު ތައްޔާރުކުރާނަމަ މުޖުތަމައަށް ނުހަނު ހެޔޮ އަސަރުކުރާނެ.
ސާބަސް، ތީ އިސްތިހާރެއް
ހާހާހާހާހާހާހާހާހާހާހާހާ!!!!!!!!!!!