މޫނަށް އާންމުކޮށް ދިމާވާ މައްސަލަ ތަކުން ދުރުކޮށްދޭ ވެކްސީނެއް އުފައްދަން ސައިންސްވެރިން މައްސަކަތް ފަށައިފިއެވެ.

ގިނަ ބައެއްގެ މޫނަށް ތަފާތު އެކި ކަހަލަ މައްސަލަތަށް ދިމާވެއެވެ. މޫނުމަތީގައި ބިއްސާއި އޮށާޅަ ނެގުމުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެެެވެ.

މިހުރިހާ ކަމަކަށް ދާއިމީ ހައްލު ލިބުން އޮތީ ވަރަށް ކައިރީގައި އެވެ. އެގޮތުން ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިންގެ ޓީމަކުންވަނީ، މޫނުގައި ބިއްސާއި އޮށާޅަ ނެގުމަށް މަގުފަހި ކުރާ ވިހަ މާއްދާ އާއި ދެކޮޅަށް މަސައްކުރާނެ އެންޓިބޮޑީއެއް އުފައްދަން މައްސަކަތް ފަށާފައެވެ.

މޫނަށް ދިމާވާ މައްސަލަތަކުން ދުރުވުމަށް މިހާރު ބޭނުން ކުރާ ބޭސްފުރަވާއާ ހިލާފަށް ފަހުގެ ހޯދުން ބޭނުން ކުރާނީ ހަށިގަނޑަށް ޖަހާ ވެކްސިނަކުންނެވެ. މި ވެކްސިން ބޭނުން ކުރުމުން އޮށާޅައާއި ބިހިތައް ބޮޑުވެ، ހަލާކުވެ، ފާރުވުމުންވެސް ދުރުކޮށްދޭ ކަމަށް ބެލެވެއެވެ.

ސައިންސްވެރިން ވަނީ މީދަލުގެ އިތުރުން އިންސާނުންގެ ގައިން ނަގާފައިވާ ހަމުގައިވެސް މި ވެކްސިން ތަހުލީލުކޮށްފައެވެ. ކުރިއަށް ދެން އޮތީ، އިންސާނުންގެ ހަށިގަނޑުގައި މި ވެކްސިން ތަހުލީލުކޮށް އުފެއްދުން ކަމަށް ސައިންސްވެރިން ބުނެއެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ދިރާސާ ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ޗުން މިންގް ހުއާންގް ބުނީ، މިހާރު ލިބެން ހުރި ބޭސްފަރުވާގެ އަސަރު، 85 އިންސައްތަ މީހުންނަށް ނުކުރާއިރު، މިމައްސަލައަށް އިތުރު ހައްލެއް ބޭނުންވާކަމަށެވެ.

މި ދިރާސާ ކާބިޔާބު ވެއްޖެ ނަމަ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ހެދޭ ޓެސްޓުތަކަށް ފަހު، މޫނުގައި ޖެހޭ މައްސަލަތަކަށް ހައްލެއް ހޯދައި ދެވޭނެ ކަމަށް އޭނާ ބުނިއެވެ.