އިންޑިއާގައި، އަންހެނަކު އޭނާ ރޭޕް ކުރަން އުޅުނު ފިރިހެނަކާ ދެކޮޅަށް އަމިއްލަ ނަފްސު ދިފާއު ކުރުމުން، އެ ރޭޕިސްޓު އަންހެން މީހާގެ ގަޔަށް ކަރާސީން ތެޔޮ އަޅައި އަންހެން މީހާ އަންދާލައިފިއެވެ.

އިންޑިއާގެ ރާޖެސްތާނުގެ ބަރަން ޑިސްޓްރިކްޓުުގައި ދިޔަ މި ހާދިސާގައި އަންހެން މީހާ ރޭޕް ކުރަން މަސައްކަތް ކުރީ ރަމްބަރަން ޔާދޭވް ނަމަކަށް ކިޔާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ރޭޕް ކުރަން މަސައްކަތް ކޮށް ނާާކާމިޔާބުވުމުން އަންދާލީ ރީނާ ކޯލީ ނަމަކަށް ކިޔާ އުމުރުން 35 އަހަރުގެ އަންހެނެކެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ރަމްބަރަން ވަނީ ރީނާ އޭނާގެ ކޮޓަރިއަަށް ގެނެސް ރީނާއާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަމަށް ރީނާ އިންކާރުކޮށް އަމިއްލަ ނަފްސު ދިފާއު ކުރުމުން ރަމްބަރަން ވަނީ ރީނާގެ ގަޔަށް ކަރާސީން ތެޔޮ އަޅުމަށް ފަހު ހުޅު ރޯކޮށް އެސަރަހައްދުން ފިލާފައެވެ.

މި ހާދިސާ ހިނގައި ދިޔައީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުއެވެ. އެނދުމުގެ ސަބަބުން ލިބުނު ޒަހަމްތަކުގެ ސަބަބުން ރީނާ މަރުވެފައި ވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ރަމްބަރަން ހައްޔަރު ކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މިހާރު ރަމްބަރަންގެ ބަންދަށް ފަސް ދުވަސް ދީފައިވާއިރު ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ބެލެވޭ ގޮތުގައި އޭނާގެ މައްޗަށް ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ ކުރެވޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ާބޫސުފުޔާން

  ޢަވަހައް އިންޑިއާމީހުންމިގައޮމައްހުލުޖަހަން އަންނަންގޮވާލާ އެމީހުންވަރައްމޮޅުވާނެ ހުލުޖަހަން

  • އަންހެނެއް

   ފިރެހެނެއްގެ ނުބައި ކަމުން އަންހެނަކު މަރުވެގެން ދިއުން އެއީ ފިރެހެނުންނަށް ހުރި ބޮޑު ލަދަކަށް ވީ އިރު، އަދި އެކަން ސިޔާސީ ކުރަން އުޅުން މާ ގޯސް.

 2. ނާހަމު

  ކޮން ހުލެއްތަ؟

 3. ނަސީދު

  އިންދިއާއިން ރާއްޖޭކަންކަމާ ބެހޭއިރު އިހަން އަމިއްލަ ގައުމުގައި ހިންގާ މިކަހަލަ ކަންކަން ހުއްޓުވިއްޔާ މާރަގަލުވާނެ