ބޮލީވުޑްގެ ނަން މަޝްހޫރު ދެ ފަންނާނުން ކަމުގައިވާ އެކްޓްރެސް ކަރީނާ ކަޕޫރާއި އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން އާއިލާއާއިއެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް މިދުވަސްކޮޅު މީސްމިޑިއާގައި ވަރަށް އާންމެވެ.

ދާދިފަހުންވެސް ރާއްޖޭގެ ރީތި ރިސޯޓެއްގެ ހިތްގައިމު މަންޒިލް ތަކުގައި ކަރީނާގެ ދެމަފިރިންނާއި ދަރިފުޅު ތައިމޫރް އާއި ސައިފްގެ ކޮއްކޮގެ ސޯހާ އަލީގެ ދެމަފިރިންގެ އިތުރުން އެމީހުން ދަރިފުޅު އިނާޔާއެކު ނަގާފައިވާ އެކިއެކި ފޮޓޯތައް ވަނީ އިންސްޓަގްރާމްގައި އާންމުވެ، އެ ފޮޓޯތަކަށް ގިނަބައެއްގެ ސަމާލުކަން ލިބިފައެވެ.

މިފަހަރު އަނެއްކާވެސް މިވަނީ އިތުރު ފޮޓޯއެއް ދައުރުވާން ފަށާފައެވެ. މިފަހަރުގެ މި ފޮޓޯއަކީ ހަމައެކަނި ކަރީނާގެ ފޮޓޯއެކެވެ.

ކަރީނާގެ މެނޭޖަރު އިއްޔެ އިންސްޓަގްރާމް ކޮށްފައިވާ މި ފޮޓޯގައި އޭނާ ހުރީ ހުދު ކުލައިގެ ހެދުމަކާއި އަދި މިހާރުގެ ފެޝަން ޖީންސެއް ލައިގެންނެވެ. އޭނާގެ އަތުގައި ހޭންޑްބޭގެއްވެސް އޮތް އިރު، އޭނާ ހުއްޓި ހުރި ދިމާ ފަހަތުން ރާއްޖޭގެ ކަނޑުގެ ހިތްގަިއމު މަންޒަރުވެސް ވަރަށް ރީތިކޮށް ފެނެއެވެ.

https://www.instagram.com/p/BnWFXAjnQ_G/?utm_source=ig_embed&utm_campaign=embed_loading_state_control

ކަރީނާ އާއި ސައިފް މީގެ ކުރިން އެތައް ފަހަރަކު ރާއްޖެ އައިސްފައިވި ނަމަވެސް މިއީ އެދެމީހުންގެ ދަރިފުޅު ތައިމޫރް ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

ރާއްޖެ އައުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ކުޑަ އާއިލީ ޗުއްޓީއަކަށް ރާއްޖެ ދިޔުމަށް ނިންމާފައިވާ ޚަބަރު އާންމު ކޮށްފައިވާ މި ތަރިން ޗުއްޓީ ހޭދަ ކުރަމުން ދަނީ ބ.އަތޮޅުގައި އޮންނަ ނަން މަޝްހޫރް ރިސޯޓެއް ކަމުގައިވާ ސޮނޭވާ ފުށީގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަހީދު

    އެކޮއިގެ ޖީންސް ވީދިފައި އޮތީމާ ޚިޔާލެއްނެތް.

  2. ވަކަރުގޭސޮރު

    ހިލޭ ތިބެނީ

  3. އިނޫ

    ކަރީނާއެއްކަމަކު ހޮލިޑޭގަ ލައިގެންއުޅޭން އެންމެ ފަސޭހައީ ތިޔަބާ ޕަކާސް