އުމުރުން 84 އަހަރުގެ އެލްސީ އެއިލާ އަކީ ނެބްރެސްކާ ގެ މޮނޯވީ ސަރަހައްދުގައި ދިރިއުޅޭ ހަމަ އެކަނި މީހާއެވެ. މުޅި އެމެރިކާގައި ވެސް އޮތް އެންމެ މީހުން މަދު އަވަށް ކަމުގައި ބުނެވޭ މި އަވަށުގައި، ކުރިން އެލްސީ އާއި އެކު އޭނާގެ ފިރިމީހާ، ރޫޑީ ވެސް ދިރިއުޅުނު ކަމަށްވެއެވެ. ނަމަވެސް 2004 ވަނަ އަހަރު އޭނާގެ ފިރިމީހާ މަރުވުމާއި ގުޅިގެން މި އަންހެން މީހާ ދިރިއުޅެނީ އެކަނިމައި އެކަންޏެވެ.

ގާތްގަނޑަކަށް ފަސް ހާހަކަށް ފޮތް ބެހެއްޓިފައިވާ ކުޑަ ލައިބްރަރީއެއް ވެސް އެ އަވަށުގައި ހުރެއެވެ. މި ލައިބްރަރީވެސް ބަލަހައްޓަމުން ގެންދަނީ ހަމަ އެލްސީ އެވެ. ފޮތްކިޔުމަށް ޝައުޤުވެރިކަމެއް ހުންނަ އޭނާގެ ފިރިމީހާގެ ހަނދާނުގައި އޭނާގެ އަގުހުރި ބައެއް ވަގުތުތައް، އެސްލީ މި ކުޑަކުޑަ ލައިބްރަރީ އަށްވެސް ހުސްކުރެއެވެ.

Mrs Eiler received considerable publicity after her husband died and she became the lone resident of Monowi in 2004

އަދި ހަމަ އެހެންމެ ކޮންމެ އަހަރަކުމެ، އެލްސީ މަގުތައް މަރާމާތު ކުރުމަށް މުނިސިޕަލްޓީ އަށް އެކަމާބެހޭ ލިޔެކިޔުން ހުށަހަޅަމުން ގެންދެއެވެ.

އެލްސީ ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އޭނާއަށް ޒިޔާރަތް ކުރެއެވެ. އަދި ގިނަ މީހުން އޭނާގެ މި އާދަޔާ ޚިލާފު ދިރިއުޅުމާއި މެދު ސުވާލުވެސް ކޮށް ހަދައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަކުރުފާނު

    މީނާ މރުވުމުން ޓުރަންޕުގަނޑު ހަދާާނެ ގޮތަކާއިމެދު މަ ވަރަށް ދެރަވޭ