އާއިޝަތު ފުއާދު ތައުފީޤު ތައްޔާރު ކުރި ސްކްރީންޕްލޭ އެއްގެ މަށްޗަށް އަލީ ޝިފާއު ނުވަތަ އާންމު ނަމުން ނަމަ ޗިއްޕެ ޑައިރެކްޓްކޮށްފައިވާ، މި އަހަރުގެ ޑާކް ރެއިން އެންޓާރޓައިންމެންޓްގެ ފުރަތަމަ ފިލްމް "ވަކިން ލޯބިން" ރޭގައި ޕްރައިމިއާރ ކޮށްފިއެވެ.

މުހައްމަދު އަލީ (މޮގާ) ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ބިނާވެގެންވަނީ އާއިލީ ކަންތައްތަކެއްގެ މައްޗަށްށެވެ. އުފާވެރި ކައިވެންޏެއް ކޮށްގެން އުޅޭ ދެމަފިރިއަކަށް ހީވާ ކުށްހީ އެއްގެ ސަބަބުން ވަރިވާން ޖެހި، އެކަމުގެ ހިތްދަތިކަން އެ އާއިލާ އަދި ވަކީން ބޮޑަށް އެ ދެމަފިރިންގެ ދަރިފުޅު ތަހައްމަލުކުރަމުންދާ ހިތާމަވެރި ގޮތްތަށް ފިލްމުން ދައްކައިދެއެވެ.

"ވަކިން ލޯބިން"ގެ ފުރަތަމަ ޝޯ ބެލުންތެރިންނާއި ހަމައަށް އައިސްފައި ވާއިރު، ގިނަ ބައެއްގެ ތަރުޙީބު މި ފިލްމަށް ދަނީ ލިބެމުންނެވެ. އަދި އިތުރު ޝޯ ތަކެއްގެ އިންތިޒާރުގައި ތިއްބެވި އާންމުންނަށް މި ވަނީ އުފާވެރި ޚަބަރެއްވެސް ލިބިފައެވެ. އެއީ މި ސްޓޫޑިއޯއިން އަލަށް ނެރުމަށް ތައްޔާރު ކުރަމުންދާ ފިލްމް "ގޮށްރާޅު" އެޅުވުމަށް ހަމަ ޖެހިފައިވާ ތާރީޚުގައި، "ވަކިން ލޯބިން"ގެ އިތުރު ޝޯ ތަކެއް ވެސް ފެނިގެން ދާނެ ކަމުގެ އުފާވެރި ޚަބަރެވެ.

މާލޭ އެކޭ އެއްގޮތަށް އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް "ވަކިން ލޯބިން"ގެ ޝޯތަކެއް އެޅުވުމަށް ހަމަޖެހިފައިވާއިރު، މި ފިލްމުގައި ހަރަކާތްތެރިވާ ބައެއް ކުޅަދާނަ ފަންނާނުން އެ ރަށްރަށަށް ޒިޔާރަތް ކުރާގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ވަގުތަށް މައުލޫމާތު ލިބެއެވެ.

މި ފިލްމުގެ ލަވައެއްގެ މަންޒަރުތައް ފުވައްމުލަކުގައި ނަގައިފައި ވީ ނަމަވެސް، ފިލްމުގެ ގިނަ މަންޒަރުތައް ނަގައިފައި ވަނީ ހުޅުމާލެއާއި މާލެ އަދި ބައެއް ހިތްގައިމު ރިސޯރޓް ތަކުގައެވެ.