ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަން އަކީ އޭނާ ނަގާ ސެލްފީތަކުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި މަގުބޫލްކަން ހޯދާފައިވާ ސެލްފީ ކްއީނެކެވެ. ނަމަވެސް ކިމްގެ ސެލްފީތަކަށް ދެން އިންތިޒާރު ކުރެވޭކަށް ނެތެވެ. ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކިމް ސެލްފީ ނެގުން ޑޮކްޓަރ ވަނީ މަނާކޮށްފައެވެ.

ކިމް ސެލްފީ ނެގުން ޑޮކްޓަރ މަނާކުރީ އޭނާގެ އަތުގެ ކުޑަހުޅަށް ތަދުވާތީ ދާދި ފަހުން ޑޮކްޓަރަށް ދެއްކުމުންނެވެ. ކިމްގެ އަތުގެ ކުޑަހުޅަށް ތަދުވާތީ މިހާރު އަތުގައި ގާޑެއް ވެސް އަޅުވާފައި ހުންނަ ކަމަށް ވެއެވެ.

ކާޑޭޝިއަން އާއިލާ އިން ގެނެސްދެމުން ގެންދާ ޓީވީ ޝޯވ އާއި ހަވާލާދީ "އީ ނިއުސް" އިން ބުނީ ކިމް ފޯނު އުފުލުން ވެސް ޑޮކްޓަރު މަނާކޮށްފައިވާ ކަމަށެވެ. ފޯނުގައި ހިފަހައްޓައިގެން އިނުމުގެ ހުއްދަ ކިމް އަށް އޮތް ނަމަވެސް ފޯނު އުފުލާ އަތް، އެކި ގޮތްގޮތައް ހަރަކާތް ކުރުން އޭނާ އަށް މަނަލެވެ.

ކިމް އަށް ދެން ފޮޓޯ ނަގައި ދޭނީ އޭނާގެ އެސިސްޓެންޓް ފަސީ އެވެ.

ކިމް ވަނީ އޭނާ މިހާރު ސެލްފީ ނަގަން ބޭނުން ނުވާ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން ވެސް ބުނެފައެވެ. ނަމަވެސް އޭގެ ފަހުން ވެސް ކިމް މީސް މީޑިއާ އެކައުންޓްތަކުގައި މަދުމަދުން ސެލްފީތައް އާންމު ކޮށްފައި ވެއެވެ.

ކިމް ސެލްފީ ނެގުން ޑޮކްޓަރ މަނާކޮށްފައި ވަނީ ވަގުތީ ގޮތުންނެވެ. އެހެންކަމުން ދުވަސް ކޮޅަކަށް ފަހު އަނެއްކާވެސް ކިމްގެ ސެލްފީތައް ފެންނަން ފަށާނެއެވެ.

ކިމް އަށް މީސް މީޑިއާގައި އެތައް މިލިއަން މީހުން ފޮލޯ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ހަޤީޤަތުގައި އެކޮޔަކީ މީހަކު ސެލްފީއެއް ނަގާވަރުގެ ކޮޔެއްވެސްނޫން. ދެން އެ ސެލްފީއަށް އަރާފައި ހުންނަ އެހެން އެއްޗެތި މީހުން ނުބަލަޔެކޭ ނޫން.

  2. ޑުދހދޖދނސ

    ޢޭނަ ސެލްފީ ނަގާނެ މީހަކު ނަގާފަ ހުރީ މިހާރު...

    • ލޮލް

      ތީ ރަށްމެދަށް ދަރިންވިހާ މީހެއް