ބޮލީވުޑްގެ ތަރިންތަކުގެ ތެރެއިން ކުރިއަށް ކައިވެނި ކުރަން ތިބި ފަންނާނުންގެ ތެރޭގައި ބޮލީވުޑާއި ހޮލީވުޑްގައިވެސް މަޝްހޫރް ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ ނިކް ޖޯންސް ހިމެނޭނެއެވެ.

މި ދިޔަމަހުގެ 18 ވަނަ ދުވަހު ޕްރިޔަންކާއާއި ނިކް އެންގޭޖްވެފައިވާއިރު، އެކަމުގެ އުފަލުގައި އާއިލާއަށާއި ރައްޓެހިންނަށް ވަނީ ކުޑަ ވަރެއްގެ ޕާޓީއެއްވެސް ބާއްވާފައެވެ. އަދި އެންގޭޖްވި އުފާވެރި ޚަބަރު އެ ދެ ލޯބިވެރިންވަނީ އެމީހުންގެ މީސްމީޑިއާ އެކައުންޓް ތަކުގައި އާންމުކޮށް އެ ހާއްސަ ހަފްލާއާއި ގުޅޭ ބައެއް ފޮޓޯތައްވެސް ޕޯސްޓްކޮށްފައެވެ.

އެންގޭޖްމެންޓްގެ މި ޚަބަރާއިއެކު ބައެއް ފަރާތްތަކަށް އުފާވެރިކަން ލިބުނު ނަމަވެސް އެކަމާއި ނުރުހުންތެރިކަން ފާޅުކުރާނެ ބައެއް މީހުން އުޅޭނެއެވެ. އާންމު ގޮތެއްގައި މިފަދަ ނުރުހުންތެރިކަން ފެނިގެންދަނީ ދެމީހުންކުރެ ކޮންމެވެސް އެކެއްގެ ކުރީގެ ލޯބިވެރިޔާގެ ފަރާތުންނެވެ. ނަމަވެސް އެއާ ޚިލާފަށް މިފަހަރު ނިކްގެ ކުރީގެ ލޯބިވެރިޔާ، ނިކްއާއި ޕްރިޔަންކާއަށް އެދިފައިވަނީ ބާއްޖަވެރި ދިރިއުޅުމަކަށެވެ.

އޮލިވާ ކުލްޕޯ ނަމަކަށް ކިޔާ ނިކްގެ ކުރީގެ ލޯބިވެރިޔަކު ދާދިފަހުން ޓީވީ ޝޯއެއްގައި ބުނެފައިވަނީ ނިކްއަށްވެސް އުފާވެރި ބާއްޖަވެރި ހަޔާތަކަށް އެދޭ ކަމުގައެވެ.

"މި ދާއިރާގައި އުޅޭ ފަރާތްތަކަށް ލޯބިވެރިން ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ. އަދި ކޮންމެކޮންމެ ގުޅުމަކީ ދިގުދެމިގެންދާނެ ގުޅުމެއް ނޫން. އެކަމުގެ އެތަކެއް ރިކޯޑްތަކެއްވެސް އެބަހުރި މި ދާއިރާގައިވެސް. އަހަރެން އެ ދެނީ ހުރިހާ އެންމެންނަށްވެސް އުފާވެރި ބާއްޖަވެރި ދިރިއުޅުމަކަށް. ނިކްއަށްވެސް ހަމަ އުފާވެރިކަމާއި ބާއްޖަވެރި ހަޔާތެއް އެދެން. އަދި އެ ދެމީހުންނަށް މަރުހަބާ ވެސް ކިޔަން" އޮލިވާ ބުނެފައިވެއެވެ.

ނިކް އާއި އޮލިވާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެ ގުޅުމަށް ހީނަރުކަން އައިސްފައި ވަނީ 2015 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އަޅެ ޕްރިޔަންކާ ކީއްވެޔޯ ކާވެނުކުރަނީ މި. އިންޑިޔާ ގައި އެ އޮތީ އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށްފައި. އަނެއްކާ އެކަން ކޮށްކޮށް ޕްރިޔަންކާ ފޫހިވީތަ؟