ބޮލީވުޑްގެ ބަތަލާ އަދި ހޮލީވުޑްގެ އަރަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާއާ ވައްތަރު މެގަން މިލާން މުޅި އިންޓަނޭޓް ފަތަހަ ކުރަމުން އެބަދެއެވެ.

މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މެގަންއަކީ އެމެރިކާގެ ނިއުޔޯކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ މަޝްހޫރުކަން މިހާރު އިތުރުވަމުން އަންނައިރު، މީގެ ކުރިންވެސް ޕްރިޔަންކާ އާއި ވައްތަރު މީހަކު މީސް މީޑިޔާ (ސޯޝަލް މީޑިޔާ) އިން ފެނިގެން ދިޔައެވެ. އެއީ ޕާކިސްތާނު މީހެކެވެ.

އެންމެ ފުރަތަމަ މެގަން އޭނާގެ ފޮޓޯ ހިއްސާކޮށްފައި ވަނީ ޓްވިޓާގައެވެ. އެއާއެކު ޓްވިޓާގައި އުޅޭ ޕްރިޔަންކާގެ ގިނަ ފޭނުންނަށް އޭނާ ޕްރިޔަންކާ އާއި ވައްތަރުވެގެން އެ ވާހަކަދައްކަން ފެށިއެވެ.

ނިއުޔޯކްގައި މެގަން އަކީ މަޝްހޫރު މޮޑެލްއެކެވެ. މެގަންގެ ގިނަ ޕޯސްތަކުން ޕްރިޔަންކާއާ ވަރަށް ބޮޑަށް ވައްތަރު ގޮތެއް ހުރެއެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ މިހާރު ހުރީ އިނގިރޭސިވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިދިކޮޅަށް

    ސާބަސް! ޕުރިޔަންކާ އޭނާ ވައްތަރު ޖެހުނިއްޔޭ! އޮޅުވާ ނުލާބަލަ

  2. ހުސޭނުބޭ

    ދެން ކޮބައިތަ އަހަރެމެންގެ ސްނިޔަންކާ. ސްނިޔަންކާ މަތިން މި މީހުން ހަދާންނުވަނީ ކިހިނެއްވެގެންތަ؟

  3. ޖޮއްބެ

    އޭނާގެ ބައްޕަގެ ކަމެއްބާ....؟

  4. އަބްދުއްލާ

    ޕްރިޔަންކާގެ ބައްޕަގެ ދަރިއެއްތަ ؟ ވައްތަރު

  5. ޔާންކާ

    ދެލޮލަށް މިރުސް ދުން އެޅިފަ ހުރި ކޮންމެ މީހަކަށް ހީވެދާނެ. އެމެރިކާ މަންޖެ ކަޅުނަސްލު، އެކަމް އިންޑިޔާ މަންޖެޔޯ

  6. މަ

    އޯކޭ ދެން