އަބަދުވެސް އެމީހެއްގެ ފޭވަރޭޓް ތަރިއާއި ދިމާކުރަން ބޭނުންވާ މީހުން އުޅެއެވެ. ބައެއް މީހުން ބުނަނީ އެއީ އެ މީހުންގެ ހުވަފެނެއް ކަމަށެވެ. ބައެއް މީހުންނަށް އެފަދަ ތަރިއަކާއި ކައިވެނި ކުރަން ލިބުމަކީ ދުނިޔެ ރަންވުން ފަދަ ކަމެއްގެ ގޮތުގައި ދެކެއެވެ. އެ ނަސީބު ލިބުން ވަރަށް މަދު ބަޔަކު އެބަތިއްބެވެ. އެ މީހުންނަށް އެ މީހުންގެ ފޭނުންނާއި ކައިވެނި ކުރެވިއްޖެއެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް ބޮލީވުޑްގެ ތަރިންނަށް ބަލާލަމާ ހިނގާށެވެ.

މުމްތާޒް އަދި މަޔޫރް މަދްވަނީ

ޔުގެންޑާގެ ވިޔަފާރިވެރިއްކަމަށްވާ މަޔޫރް މަދްވަނީގެ ވަރަށް ބޮޑަށް ހިތްއެދޭ އެކަކުގެ ގޮތުގައި އެކްޓްރެސް މުމްތާޒްވިއެވެ. މުމްތާޒްއަކީ އޭނާގެ ފިލްމްތަކުން އެތައް ބައެއްގެ ހިތްތަތައް އަތުލާގަތް ތަރިއެއްކަމަށްވާއިރު، އޭނާ މަޔޫރް މަދްވަނީގެ ހިތްވެސް އަތުލިއެވެ.

އެންމެ ފަހުން މަޔޫޜްގެ ހިތް އަނބުރާ އޭނާއަށް ދިނީ ކައިވެނި ކުުރުމަށްފަހުއެވެ. 1974 ވަނަ އަހަރު މި ދެތަރިން ކައިވެނި ކުރިއެވެ. އަދި ދެ ތަރިންގެ ދެ އަންހެން ދަރިން އެބަތިއްބެވެ. އެއީ ނަތާޝާ އާއި ތަންޔަން މަދަވަނީއެވެ. ނަތާޝާ ކައިވެނިކޮށްގެން އުޅެނީ ބޮލީވުޑްގެ ބަތަލް ފަރްދީން ޚާންއާއެވެ.

މާދުރީ ޑިކްސިޓް އަދި ސިިރިރަމް މަދަވް ނެނެ

ޑރ މަދަވް އާއި މާދުރީ އެންގޭޖްކުރިއިރު، މަދަވްއަކަށް މާދުރީއެއް ރަނގަޅަށް ނޭގެއެވެ. އެ ދެ މީހުން ކައިވެނިކޮށްފައި ވަނީ އާއިލާގެ ރޭވުމެއްގެ ތެރެއިންނެވެ. އެންޖޭޖް ކުރުމަށްފަހު، ޑރ މަދަވް ވަނީ ސީޑީތަކެއް ގަނެގެންވެސް މާދޫރިގެ ފިލްމްތައް ބަލާފައެވެ. މާދުރީއަކީ އެހާ މަޝްހޫރުމީހެއްކަން އެނގުނީ އޭގެ ފަހުންނެވެ.

ސައިރާ ބަނޫ އަދި ޑިލިޕް ކުމާރް

ސައިރާ ބަނޫއަކީ ޑިލިޕް ކުމާރްއާ ވަރަށް ބޮޑަށް ހިތްދެވިގެން އުޅުނު މީހެކެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އުޅުނީ އެހެންނެވެ. އެންމެ ފަހުން ޑިލިޕް ކުމާރް ސާއިރާ ބަނޫ ކައިރިން އިންނަން އެހީއެވެ. އެއިރު ސައިރާގެ އުމުރަކީ 22 އަހަރެވެ. މި ދެތަރިން ކައިވެނިކޮށްފައި ވަނީ 1966 ވަނަ އަހަރުއެވެ. މިހާރުވެސް މި ދެ މީހުން އުޅެނީ ކައިވެނިކޮށްގެންނެވެ.

ޝިލްޕާ ޝެޓީ އަދި ރާޖް ކުންދްރާ

ޝިލްޕާއަކީ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާގެ އެ ހިނިތުންވުމުގެ ސަބަބުން އެތައް ފިިރިހެނުންނަށް އޭނާއަށް ހިތްދެއެވެ. އޭގެ ތެރެއިން އެކަކީ ބްރިޓިޝްގެ ވިޔަފާރިވެރިއެއްކަމަށްވާ ރާޖް ކުންދްރާއެވެ. މި ދެ މީހުން ކައިވެނިކޮށްފައި ވަނީ 2009 ވަނަ އަހަރެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  ތި ލާރި އޮތީމަ

 2. ހަތިހާ އަންމަޑޭ، އަލިފުށި

  ކެނެރީ ނަސީދާ ލައިލާ... އަލީ ވަހީދެއްކިޔާ ބޭރި ވެސް ނެތް

 3. ހެއް

  ތިޔައްކިޔަނީ “ގޯލްޑް ޑިގާސް”، ދެންމަހީހީ..

 4. މަ

  ބޮލީވުޑްގެ ގިނަ އަންހެން ތަރިން، ކައިވެނި ކުރަނީ ބޮޑު މަހުޖަނުންނާ.

 5. އަހަރެން

  ހެހެ މިވެސް ދެން ޚަބަރެކޯ، ކީކޭ ދެން ބުނާނީ!