ފުރިހަމަ ސިއްޙަތެއް ލިބިފައިވުމީ، ކޮންމެ މީހެއްމެ އެދޭނެ ގޮތެވެ. ނަމަވެސް ވަގުތީ މި އާލަމަކީ އިމްތިހާނުގެ ގޯއްޗަކަށްވީ ހިނދު ފުރިހަމަ ސިއްޙަތެއްގެ ނިޢުމަތުން މަހުރޫމުވެފައި ތިބޭ މީހުންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަދެއް ނޫނެވެ. އެފަދަ ޙާލަތުތައް ދިމާވެފައި ތިބޭ ބައެއްގެ ހިތްވަރުގަދަ ކަމާއި، އެފަރާތްތަކުން އަޅަމުންދާ ކެކުޅުންތައް، އެފަދަ ޙާލަތެއް މެދުވެރިވެފައި ނުވާ ބަޔަކަށް ތަސައްވުރު ކުރުމަކީ ހަޤީޤަތުގައި ކުރެވޭނޭ ކަމެއް ނޫނެވެ. މިއީ އުފެދުމުގައި ދިމާވި އެފަދަ ސިއްޙީ ހާލަތަކާއި ގުޅިގެން މަރާއި ހަނގުރާމަކުރަމުންދާ އެއްމާބަނޑު ދެކުއްޖެއްގެ ވާހަކައެވެ.

ކެމްބޯޑިއާގެ ހޮސްޕިޓަލެއްގައި ވިހެއި މި ދެކުދިންގެ އުމުރުން އަދި މާގިނަ ދުވަހެއް ނުވާއިރު، އެކުދިންގެ ހާލު ވަނީ ވަރަށް ބޮޑަށް ދެރަވެފައެވެ. ބަރުދަނުގައި 6.5 ކިލޯ ހުންނަ މި ދެ ކުދިންނަށް ހޮޅިން ކާންދޭއިރު އެކުދިން ބަލަހައްޓަމުން ދަނީ އިންކިއުބޭޓަރއެއްގެ ތެރޭގައި ބައިތިއްބައިގެން، ޑޮކްޓަރުންގެ ޚާއްސަ ޓީމަކުންނެވެ.

މި ދެކުދިންގެ ހާލަތު ކިޔައިދެމުން އެކުދިންގެ މަންމަ ނޫސްތަކުގައި ބުނެފައިވަނީ، އޭނާގެ އަލަތު ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިންނަށް މިފަދަ ޙާލަތެއް މެދުވެރިވެދާނެ ކަމެއް ކުރިން ނޭނގޭ ކަމަށެވެ. އަދި މާބަނޑުއިރު، މާލީ ޙާލަތު ދަށްވުމުގެ ސަބަބުން ސްކޭންވެސް ނަހަދާ ކަމަށާއި، އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާ ކަމުގެ އިހުސާސެއް އޭރު ނުކުރެވޭކަމަށެވެ.

"އަހަރެންނަކަށް ނޭނގޭ މިވީގޮތެއް. ވަރަށް ފޮނި އުންމީދާއެކު އުފަލުން ހޮސްޕިޓަލަށް އައީ. އެކަމަކު ދަރިންނަށް ދިމާވެފައިވާ ޙާލަތު ލޮލުން ފެނުމުން ހިތްފަޅައިގެންދާ ވަރުވޭ. އެ ކުދިން ސަލާމަތްވާނެ ކަމުގެ މާބޮޑު އުންމީދެއް ޑޮކްޓަރުން ނުދެއްވާތީ އަދި މާބޮޑަށް ދެރަވޭ،" އެކުދިންގެ މަންމަ ބުންޏެވެ.

މި ދެކުދިން ބަލަހައްޓަމުންދާ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި، މިއީ ވަރަށް މަދުން ދިމާވާ ހާލަތެކެވެ. އެހެންކަމުން ސީދާ ފަރުވާއެއް ނުވަތަ ދެކުދިން ވަކިކުރަން އޮޕަރޭޝަނެއް ކުރުމުގެ ކުރިން، އެކުދިންގެ ހާލު އިތުރަށް ދަށް ނުވާނެ ގޮތަކަށް ބަލަހައްޓަމުންދާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އުފެދުމުގައި އެއްމާބަނޑު ދެކުދިން ގުޅިފައިވުމީ ދުނިޔޭގައިވެސް ވަރަށް މަދުން ނޫނީ ދިމާ ނުވާ ހާލަތެކެވެ. އެގޮތުން ކޮންމެ ދެލައްކަ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް މިފަދަ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮންނައިރު، އޭގެތެރެއިން ސަލާމަތް ވަނީ ގާތްގަނޑަކަށް 35 އިންސައްތަ ކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަދިވެސް މުއްލާތަށް ވީދޭނެ ފުރިހަމަކަމޭ!

    • ދައްޖާލް

    • އެއީﷲގެ ކުޅަދުންވަންތަކަން.އެކަލާނގެ އިރާދަކުރެއްވި ގޮތް.މޮހޮދޭ ދެން ރުޅިއައިސް ފަޅައިގެންދާ ވަރުވިޔަސް އިންސާނުންނަށް އޮތީ ކޮންމެ ހާލެއްގަވެސް ޝުކުރުވެރިވުން އަދި ސަބަބުތަކުގަ ހިފައިގެން މަސައްކަތްކުރުން.އެތުއްތު ކުއްޖާގެ ހާލަތު އެހެން ގޮތަކަށް ބަދަލު ކޮއްދެއްވުމުގެ ކުޅަދާނަކަންވެސް ހަމަެެކަނި ލިބިވޮޑިގެންވަނީ ﷲއަށް.އަހަރެންނަކީ މުއްލާއެއް ނޫން.އެކަމުވެސް މޮހޮދޭގެ ބަސްމަގު ހުރިގޮތުން އެއްޗެއް ނުބުނެ ނުހުރެވިގެން ހަމަ ބުނެލީ....

    • .ތިހެންވީދެން ﷲދެކެ ބިރުގަނެބަލަ.

    • މާތްﷲ އަށް ބިރުވެތިވޭ ޝުކުރުވެރިވޭ. މާތްﷲއީ ހުރިހާ ބާރުގެވެރި އެއްމެއޯގާވަންތަވެރި ހަމައެކަނި އިލާހު.
      ޔާﷲ އިންޝާﷲ އެކުދިންނަށް ހެޔޮސިއްހަތެއް ދެއްވަވާށި ބާއްޖަވެރި މުސްތަގުބަލެއް ދެއްވަވާށި އަދި މައިންބަފައިންނަށް ކެއްތެރިކަން މިންވަރުކުރަށް ވަވާދެއްވަވާނދޭ. އާމީން

    • ތިބާއަށް ހެޔޮވިސްނުން ދެއްވައި ރަނގަޅު މަގަށް ވާސިލްކޮށްދެއްވައިފާންދޭވެ. އާމީން!

  2. ސުބްޙާނަﷲ.