އިނގިރޭސިވިލާތުގެ ފިލްމް އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ ބިރުވެރި ފިލްމު "ދަ ކޮންޖަރިން 2" އާއި"އެނަބެލް" ފަދަ ފިލްމުތަކަކީ ހަޤީޤީ ހާދިސާތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމުތަކެވެ. މި ފަދަ ފިލްމުތަކަށް ފޯރި ހުންނަ ފަރާތްތަކަށް އަނެއްކާވެސް މިވަނީ އެފަދަ ބިރުވެރި ފިލްމެއް ނިކުމެފައެވެ. އެއީ "ދަ ނަން" އެވެ.

ހުކުރު ދުވަހު ޝުވެކް ސިނަމާގައިވެސް އަޅުވާފައިވާ މި އިނގިރޭސި ސުޕަނެޗުރަލް ފިލްމަކީ އެފަދަ އެހެން ބިރުވެރި ފިލްމުތަކާއި ޚިލާފަށް ހަޤީޤީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ނޫނެވެ. ގިނަ ބައެއްގެ ހިތުގައި އުފެދުނު މި ސުވާލަށް ޖަވާބު ދެމުން ޑައިރެކްޓަރު ކޮރިން ހާޑީ ބުނެފައިވަނީ އެއީ "ކޮންޖަރިން 2" ގައި އުޅޭ ނަން ކެރެކްޓާއަށް ލިބުނު ތަރުހީބުގެ ސަބަބުން އުފެއްދި ފިލްމެއް ކަމަށެވެ.

"ކޮންޖަރިން 2 ގައި އެންމެ ގިނަބައެއްގެ ސަމާލުކަން ހޯދީ ނަން ކެރެކްޓާ. އެހެންވެ އިތުރު ބިރުވެރި ފިލްމެއް އުފެއްދުމުގެ ޚިޔާލު ލިބުނީ. ކޮންޖަރިންގެ އެއްވަނަ ބައި އަދި ދެވަނަ ބަޔާއި ޚިލާފަށް މި ފިލްމަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް އުފެއްދި ފިލްމެއް ނޫން. އެހެންނަމަވެސް މި ފިލްމުގައިވެސް ކުރީ ފިލްމު ތަކެކޭ އެއްފަދައިން ބިރުވެރި އެތައް ކަންތައްތަކެއް ފެނިގެންދާނެ. ކުރުކޮށް ބުނަންޏާ އަމިއްލަ އަށް މަރުވާ ނަންއެއްގެ މަރުގެ ހަޤީޤަތް ހޯދުމަށް މަސައްކަތް ކުރާ ބަޔަކަށް ދިމާވާ ތަފާތު ބިރުވެރި ކަންތައްތައް ފިލްމުން ފެނިގެންދާނެ" ޑައިރެކްޓަރު ހާޑީ ބުނެފައިވެއެވެ.

ޓެއިސާ ފާމިންގާ، ޖޯނަސް ބްލޮކެޓް އަދި ޑެމިއަން ބިޝިއާ ފެނިގެންދާ ބިރުވެރި ފިލްމު "ދަ ނަން" އަކީ 2016 ވަނަ އަހަރު ބެލުންތެރިންނާއި ހަމައަށް ނިކުތް ފިލްމު "ދަ ކޮންޖަރިން 2" ގެ ސްޕިން އޮފްއެކެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަވި

    ބިރުވެރި ފިިލމ

  2. ޣވ

    ށހބސ

  3. މޮޔަ

    ނަން އެއް ނޫން ނުން??