ބައެއް ދިރުންތަކަކީ އިންސާނުން ވާހަކަ ދައްކާ އުޅޭ ބަހުރުވަ ދަސްކުރުމުގެ ގާބިލްކަން ލިބިފައިވާ ދިރުންތަކެވެ. އެގޮތުން ބައެއް ކަހަލަ ގުރައާއި އިނގުއާނާ އާއި ކޯމަސް ފަދަ ޖަނަވާރުތަށް ފާހަގަކޮށްލެވެއެވެ.

އަދި އެތަކަށް އިންސާނުން ވާހަކަ ދައްކާ އުޅޭ ބަހުރުވަ ދެނެގަނެވޭނެ އޭ ބުންޏަސް އެވާނީ ގަބޫލު ކުރަން ދަތި ވާހަކައެކެވެ.

ނަމަވެސް އިންޑިއާގެ އުއްތަރް ޕްރަދޭސްގެ އަވަށެއް ކަމަށްވާ ލަކިމްޕޫރުގައި ހުންނަ ނޭޝަނަލް ޕާކުގައި ދާދި ފަހުން ވަނީ 11 އެތަށް ހިންދި ބަސް ދަސްކޮށްދީފައެވެ.

އެކި އުމުރުގެ 11 އެތަށް ހިންދި ބަސް ދަސްކޮށްދިނުމުގައި ހަރަކާތްތެރިވެފައިވަނީ އެކަމަށް ހާއްސަ ޓެކްނިކަލް ޓީމެއްގެ މީހުންނެވެ. އަދި އެންމެ ހަފްތާއެއްގެ ތެރޭގައި އެތްތަކަށް ހިންދީ ބަސް ދެނެގަނެވި ހިންދީ ބަހުން ބުނާ ބައެއް ބުނުންތަކަށް ބޯލަބަން އެނގިފައިވާ ކަމަށް ޓެކްނިކަލް ޓީމުގައި ހަރަކާތްތެރިވި ފަރާތްތަށް ބުނެެއެެވެ.

އަދި އުމުރުން ހަނގު އެތްތަށް ހިންދީ ބަސް ދަސްކުރިލެއް އަވަސްކަމުގައި އެ ފަރާތްތަކުން ބުނެއެވެ.

އަދި ހިންދީ ބަސް ނޫނަސް އެހެނިގެން ބަސްތަށްވެސް އެއްތަކަށް ދަސްކޮށްދެވިދާނެ ކަމަށާއި އެކަމަކީ ތަކުލީފަކާއި ނުލައި ވަރަށް ފަސޭހައިން ވާނެ ކަމަށް ކަމަށް އެއްތަށް ޓްރެއިން ކުރުވި ޓެކްނިކަލް ޓީމުން ބުނެއެވެ.

އެތަކީ އެއްގަމުގައި ދިރިއުޅޭ އެންމެ ބިޔަ ޖަނަވާރެވެ. އަދި އެތަކީ މުހިންމު އެތަކެއް ބޭނުންތަކަކަށް އިންސާނުން އޭގެ އެހީތެރިކަން ހޯދަމުން އަންނަ ޖަނަވާރެކެވެ. އެގޮތުން ބަރު ތަކެތި އުފުލުމަށާއި ތަންތަން މުގުރުމަށް އެތުގެ ބޭނުން ކުރެއެވެ. އަދި އެތުގެ ހަންގަނޑާއި އޭގެ ބައެއް ތަކެއްޗަކީއިންސާނުން އާމްދަނީ ހޯދުމަށް ބޭނުން ކުރަމުން އަންނަ ތަކެއްޗެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްޅަބޭ

    އަޅެ ގެރިކަލާގެއަށް ރޭޕްކުރާމީހުން ހޯދަން ފަސޭހަ ގޮތަކަށް ދަސްކޮށްދޭންވީނުން!