މީހުން ބުނެއެވެ. ކޮންމެ އުފަލަކަށް ވެސް ނިމުން އަންނާނެއެވެ. އުފާވެރި ކޮންމެ ދުވަހަކަށް ފަހު ހިތާމަވެރި ދުވަހެއް ވެސް އަންނާނެއެވެ. ހުރިހާ އެންމެން އެވާހަކަ ގަބޫލު ނުކޮށްފާނެއެވެ.

ނަމަވެސް ނެންސީ ޖޯންސް ކިޔާ މިއަންހެން މީހާ ގަބޫލު ކުރާ ގޮތުގައި ކޮންމެ އުފަަލަކަށް ވެސް ނިމުން އަންނާނެއެވެ. އޭނާ އެކަން ގަބޫލު ކުރަނީ 25 އަހަރުގެ ކައިވެނި ހަޔާތް ނިންމާލާ އެކަނިވެރި ދިރިއުޅުމެއް ވޭތު ކުރަން ޖެހިފައި ވުމުންނެވެ.

ނަމަވެސް ވަރިވުމުން ހިތާމަ ކުރުން ވެސް އޭނާ ފުރަތަމަ ފާހަގަ ކުރީ މަޖާ ގޮތަކަށެވެ. އުމުރު ދުވަހަށް ރައްކާ ކުރަން ނިންމާފައި އޮތް ބައިލައްކަ ޕައުންޑްގެ އަގު ބޮޑު ކައިވެނި ހެދުން ނެންސީ ހަލާކު ކޮށްލީ ވަރި ވުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

ނެންސީ ވަނީ އަގު ބޮޑު ކައިވެނީގެ ހެދުމުގަައި ޖެލީ އުނގުޅާ އަގުބޮޑު ހެދުން ހަލާކު ކޮށްލާފައެވެ.

ނެންސީ އޭނާގެ ކައިވެނީގެ ހެދުން ހަލާކު ކޮށްލީ ވެސް ރަހުމަތްތެރިންނަށް ދައުވަތު ދީގެން ބޭއްވި ޕާޓީއެއްގައެވެ.

ނެންސީ ބުނީ ވަރި ވުމަކީ އޭނާ ދުވަހަކު ވެސް ކުރަން ބޭނުންވި ކަމެއް ނޫން ކަމަށާއި ނަމަވެސް ވަރިވުމުން ހިތާމަ ކުރަން އޮތުން އެއީ ވެސް އޭނާ ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އޭނާ ކައިވެނީގެ ހެދުން ހަލާކު ކޮށްލީ ވަރިވުމުން ކުރީގެ ކައިވެނީގެ ހަނދާންތަކާއި ދުރަށް ދިއުމަށްޓަކައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތި އަންހެން މީހާ ރަގަޅަށް ވިއްޔާވާނީ މި ރާއްޖޭގެ އަންހެނަކަށް. ނޫން ނަމަ......... ހެހެހެެ

  2. ތިވެސް ރަނގަޅު ގޮތެއް ހިތުގަ ހުރި ހުރިހާ އެއްޗރް ހިތުން ނެރެލަން މާބޮޑު ގޯސްތަކެއް ނުހަދާ

  3. ފަހަރެއްގައި ނިމުމެއްނެތް ހިތާމަ ކުރިއަށް އޮވެދާނެ.....!!!

  4. ތަކުރުފާނު

    ތަފާތު.................................. ބަސް ހުއްޓިފައި މަމިއިނީ ކޮންޕީޓަރު މޭޒު ކައިރީގަ........ ރަނގަޅު ގޮތެއް މިމަންޖޭ އެހެދީ