މާ ބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމު އެއް ދުވަސްވަރެކެވެ. މާބަނޑު ވުމުން ވިހެއުމާ ހަމައަށް މައިމީހާގެ ހަށިގަނޑަށް އެތަކެއް ބަދަލުތަކެއް އަންނައިރު. އެތަކެއް ވޭންތަކަކާއި އުނދަގޫތަކެއް ކަޑައްތުކުރަން ޖެހެއެވެ. އަދި ވިހެއުމުގެ ތަކުލީފަކީވެސް ކުޑަކަމެއް ނޫނެވެ. ނަމަވެސް ޒަމާނީ ޓެންކޮނޮލީގެ އެހީގައިގައި ތަދު ނުވާ ގޮތަށް ވިހެއުމުގެ ކަންކަން ކުރެވޭއިރު ވިހެއުމާއި ގުޅިގެން އަންނަ ލެއާއި ބެހޭ މައުލޫމާތު އަލަށް ދަރިން ވިހާ މައިންނަށް އެނގުން މުހިންމެވެ.

ވިހެއުމާއި ގުޅިގެން ބައެއް ފަހަރު ވަރަށް ގިނައިން ލޭ އާދެއެވެ. ލޭ އަންނަން މެދުވެރިވަނީ ރަހިމުގެ މަސްތައް ރަނގަޅަށް ކޮންޓްރެކްޓް ނުވުމުން ނުވަތަ ލޭ ނާރުތައް ބަންދުނުވުމުގެ ސަބަބުންނެވެ. މިގޮތަށް ވުމުން އެއަށް ކިޔަނީ ޔުޓެރިން އަޓޮނީއެވެ.

ވިހެއުމުގެ ހިނދުކޮޅެއް ކުރިން ރަހިމުގެ މަސްތައް ކޮންޓްރެކްޓް ވުމަށްފަހު ވާމަސް (ޕްލެސެންޓާ) ބޭރުކުރެއެވެ.

އާއްމު ގޮތެއްގައި 500 މިލި ލީޓަރާއ އާއި 1000 މިލި ލީޓަރާއި އާއި ދެމެދުގެ ލޭ ވިހެއުމުގެ ތެރޭގައި ފައިބާނެއެވެ.ނަމަވެސް 1000 މިލި ލީޓަރަށް ވުރެއް ގިނައިން 24 ގަޑިއިރު ތެރޭ ލޭ ފައިބައިފިނަމަ މިކަމަކީ ބަލިމަޑިމެއްގެ އަލާމާތެކެވެ. އަދި އެފަދަ ހާލަތަށް ކިޔަނީ ޕޯސްޓްޕަރޓަމް ހެމޮރެޖް އެވެ.

ކޮންމެވެސް ވަރަކަށް ޕޯސްޓްޕަރޓަމް ހެމޮރެޖް ވުމަކީ އާއްމު ކަމެކެވެ. ނަމަވެސް 1000 މިލި ލީޓަރަށް ވުރެ ގިނައިން ލޭ އައުމުން ވީ އެންމެ އަވަހަކަށް ފަރުވާ ދިނުން ވަރަށް މުހިއްމެވެ.

ޕޯސްޓްޕަރޓަމް ހެމޮރެޖް ދިމާވަނީ ވިހެއުމުގެ ކުރިން ލޭ އައުމާއި ބަނޑުގައުވާ ދަރިފުޅު ބޮޑުވުން ނުވަތަ އެއްމާބަނޑު ދެކުދިން އޮތުން ފަދަ ކަންކަމުންނެވެ.

ޕޯސްޓްޕަރޓަމް ހެމޮރެޖް މެދުވެރިވުމުން ލޭގެ ޕްރެޝަރ ދަށްވުމާއި ހޭނެތޭގޮތް މެދުވެރިވެއެވެ.އެހެންކަމުން ޕީސްޓްފަރޓަމް ހެމޮރެޖް މެދުވެރިވެއްޖެ ނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެން

    މާތްﷲ ހެޔޮރަހުމަތްފުޅުން މާބަނޑު ކަނބަލުންނަށް ހެޔޮވިސްނުން ދެއްވަވާ ރައްކާތެރި ކުރައްވަވާށި އާމީން