ކިތަންމެ ބުރަކޮށް އުޅުނަސް ކޮންމެ މީހަކަށްވެސް ނިންޖަކީ ވަރަށްވެސް މުހިއްމު އެއްޗެކެވެ. ދުވާލު ހަތަރު ދަމު މަސައްކަތުގައި އުޅެފައި ނިދަން އެރުމަށްފަހު ނިދާ ނުލެވުމަކީ އެޔަށްވުރެ ވޭންބޮޑު އިތުރު އެހެން ކަމެއް ނުވާ ކަމެކެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް މިވަނީ ސަޅި އީޖާދެއްކޮށްފައެވެ.

ޑްރީމްލައިޓްގެ ނަމުން ނަންދެވިފައިވާ މިމާސްކްއަކީ ގިނަ ފީޗަރތަކާއެކު އުފައްދާފައިވާ މާސްކެކެވެ. މި މާސްކް އަޅާލުމުން ވަށައިގެންވާ ހުރިހާ އަލިކަމެއް ބައްދާލައެވެ. އަދި ގުދުރަތީ އަޑުތަކުން ސިކުނޑިއަށް އަރާމު އިހުސާސްކުރުވައެވެ. މިއާ ގުޅިފައިވާ އެޕްގެ އެހީގައި ބޭނުން ރާގެއް ނޫނީ ލަވައެއް އިޚުތިޔާރުކުރެވޭނެއެވެ. މާސްކްގައި ރައްކާކޮށްފައިވާ ސްޕީކަރަކުން މިއަޑުތައް އިވެމުންދާނެއެވެ. މާސްކާއި އެޕް ގުޅުވައިދެނީ ބްލޫޓޫތުންނެވެ.

ޑްރީމްލައިޓް މާސްގެ ޒަރިއްޔާއިން އިއްވާދޭ އަޑުތަކަކީވެސް ސްޓްރެސް ފިލާނެފަދަ އަދި ސިކުޑިޔަށް އާރޯކަމާއި ތާޒާކަން ލިއްބައިދޭނެ އަޑުތަކެއް ކަމުގައި މި އުފެއްދި ފަރާތުން ބުނެއެވެ.

ޑްރީމްލައިޓުން ނިންދަވައިދޭ ގޮތަށް ހޭލައްވައިވެސްދެއެވެ. ސޯނާކުރެވެން ހުރުމުގެ އިތުރަށް ނިދި ހަމަވެ، ހޭލަންވެއްޖެކަމަށް އިޝާރާތްކޮށްދިނުމަށް ފަނޑުފަނޑު ފެހި އައްޔެއް މާސްކްތެރޭން އަޅުވާލައެވެ. މިކަންކަން މޮނިޓަރ ކުރުމަށް ފޯނުގައި މި މާރްސްގެ އެޕެއް އިދެއެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ހޭލާނެ ގަޑިޔާއި ނިދުނީ ކިހާއިރަކުކަންފަދަ މައުލޫމާތު ރައްކާކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު