ފެހި މާހައުލެއްގައި އުޅުމަކީ ޑިޕްރެޝަން ދުރުކޮށްދޭ ކަމެއްކަމަށް ސުޓޭންފޯޓް ޔުނިވަރސިޓީގެ ބަޔަކު ހެދި ދިރާސާއަކުން ދައްކާފިއެވެ.

މިދިރާސާކޮށްފައިވަނީ ތިރީގައި އެވާ ހަތަރު މަންޒިލަށް ޓީމްތަކެއް ފޮނުވައިގެންނެވެ. ލޯބިވެރިޔާ ކެހި ދީފައިވާ ބައިވެރިންނާއި އެކި އެކި ކަންކަމާހުރެ ހިތް ނުތަނަވަސް ވެފައިތިބި ބައިވެރިން ހިމަނައިގެން ކުރިޔަށް ގެންދިޔަ މިދިރާސާގައި މި ބައިވެރިން ވަނީ މި މަންޒިލްތަކުގައި އުޅޭނެގޮތަކަށް އުޅެން ހަތަރު ގަޑިއިރަށް ދޫކޮށްލާފައެވެ. އަދި ހަތަރު ގަޑިއިރުފަހުން މި ބައިވެރިންގެ އިހުސާސްތައް ވަނީ ނޯޓްކުރެވިފައެވެ.

މި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ފެހި ސަރަހައްދަށް ދިޔަ 99 އިންސައްތަ މީހުންނަށް ވަނީ ހިތްހަމަޖެހުން ލިބިފައެވެ. އަދި އަނެއް ސަރަހައްދަށް ދިޔަ މީހުނަށް ވަކި ތަފާތު އިހްސާސްއެއް ނުކުރެވެއެވެ.

ދުނިޔޭގެ ނިސްބަތުން ގިނަ ބަޔަކު ކޮންކުރީޓު ޖަންގަލިތަކުގައި ދިރިއުޅެމުންދާއިރު، މިއީ ޑިޕްރެސްވާން ދިމާވާ މައިގަނޑު ސަބަބެއް ކަމަށް ވެދާނެއެވެ.