އެމެރިކާގައި 2016 ވަނަ އަހަރުގެ ފަހުކޮޅު އޮތް ރިޔާސީ އިންތިހާބަކީ އެގައުމުގެ ތާރީހުގައިވެސް ކުރިޔަށްދިޔަ އެންމެ ވާދަވެރި އެއް އިންތިހާބެވެ. އެ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ހިލަރީ ކްލިންޓަން އަދި ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަކީވެސް އެމެރިކާގެ ގިނަ އާންމުންތަކެއްގެ މެދުގައި އެބައެއްގެ މަގުބޫލުކަން ވަރަށް ދަށްކަމަށް ބެލެވިފައިވާ ދެ ފަރާތެވެ. އެ އިންތިހާބުން ޑޮނަލްޑް ޓްރަމްޕް ހަނިގޮތަކަށް ކާމިޔާބު ހޯއްދެވި ނަމަވެސް އެކަން ވެގެންދިޔައީ ބައެއް ފަރާތްތަކަށް ހަޖަމުކުރަން ވަރަށް ދަތިވި ކަމަކަށެވެ.

މިގޮތުން އެމެރިކާގެ އެއް ރައްޔިތަކު ވަނީ އޭނާގެ ފިރިމީހާ ޑޮނަލްޑް ޓްރަމްޕްއަށް ވޯޓު ދިންކަން އެނގުމާއިއެކު އޭނާގެ ކިބައިން ވަރިވުމަށްވެސް އެދިފައެވެ. 22 އަހަރުގެ ދިގު އެ ކައިވެނި ރޫޅެން މެދުވެރިވީ ގަނޑުކޮޅެއްގައި ހެޔޮ ފާހަގަ ޖެހިގެންދިޔަ ފަރާތެއްގެ ސަބަބުންނެވެ. ޑޮނަލްޑް ޓްރަމްޕް އަކީ އެމެރިކާގައި ބައެއް ރައްޔިތުން، ނަސްލީ ތަފާތުކުރުންތަކެއް ގެންގުޅުއްވާ އަދި އެބޭފުޅަކާއި ދެކޮޅަށް އެތައް އަންހެނުންތަކެއް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ފަރާތެއްކަމަށް ގަބޫލުކުރާ ފަރާތެކެވެ. މީގެ އިތުރުންވެސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ ޒަމާނުއްސުރެ ހަތުރުވެރި ރަޝިޔާއާއި އެކު އޮންނަ ގުޅުމާއި ޑޮނަލްޑް ޓްރަމްޕް އަންހެން ބޭފުޅުންނަށް ޖިންސީ ގޯނާ ކުރިކަމަށް 'ފޮނިކަނޑާ' އަޑު އިއްވައިދޭ ލީކުވެފައިވާ އޯޑިއޯގެ ސަބަބުންވެސް އޭނާއަށް އެތައް ބަޔެއްގެ ނުރުހުން ވަނީ ލިބިފައެވެ.

ކައިވެނި ރޫޅާލަން ނިންމި އެ އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާ ޑޮނަލްޑް ޓްރަމްޕްއަށް ވޯޓު ދީފައިވާކަމަކީ އޭނާއަށް ބޭވަފާތެރިވުންކަމަށް ދެކޭކަމަށާއި އަދި އެކަމުގެ ސަބަބުން ދުވަހަކުވެސް ކުރިމަތިނުވާފަދަ މައްސަލަތަކަކާއި ކައިވެނީގައި ކުރިމަތިވިކަމަށް ކިޔައިދީފައެވެ. އެ އަންހެން މީހާ ކިޔައިދިން ގޮތުގައި ވޯޓު ދިނީ ކޮން ކެންޑިޑޭޓަކަށް އެނގިގެންދިޔަ ހިސާބަކީ ކައިވެނި ރޫޅުމަށް މެދުވެރިވި އެންމެ ފަހު ސަބަބެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަނދޭ

    ބޯ ގޯސް އެމެރިކަންސް