މޫދުގައި ފެތުމުން، ބަނޑުގައި ޖަރާސީމު އުފެދުމާއި ކަންފަތުގައި ރިއްސުން އަދި އެނޫންވެސް މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޔުނިވަސިޓީ އޮފް އެކްސްޓާ މެޑިކަލް ސްކޫލް އެންޑް ސެންޓަ ފޯ އީކޮލޮޖީ އެންޑް ހައިޑްރޮލޮޖީގެ ސައިންސްވެރިންގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.

މި ހޯދުމުގައި ބުނެފައިވާ ގޮތުން ސްވިިމިން ޕޫލްގައި ފެތުމަށް ވުރެ މޫދުގައި ފެތުމުން ކަންފަތުގައި ރިއްސުމުގެ މައްސަލަތައް މެދުވެރިވާ މިންވަރު 77 ޕަސެންޓް އިތުރެވެ. އަދި ގޮހޮރުގެ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު 29 ޕަސެންޓް މައްޗެވެ.

"މުއްސަނދި ގައުމުތަކުގެ ތެރެއިން ޔޫކޭގެ ގިނަ މީހުން ދެކޭ ގޮތުގައި މޫދަށް އެރި މޫދުގައި ގިނަ ވަގުތު ހޭދަކުރުމަކީ މާ ބޮޑު ސިއްހީ ނުރައްކަލެއް އޮންނަ ކަމެއް ނޫން. ނަމަވެސް އަހަރެމެންގެ ހޯދުމުން ހާމަވެފައިވާ ގޮތުގައި މޫދުގައި ވަގުތު ހޭދަކުރުމަކީ ވަރަށް ގިނަ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެއް. މީގެ ތެރޭގައި ކަންފަތުގެ މައްސަލަތަކާއި ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބަނޑުގައި ރިއްސުމާއި ބޭރަށް ހިންގުން ފަދަ މައްސަލަތައް ހިމެނޭ،" ޑރ. އޭން ލިއޮނާޑް ވިދާޅުވި އެވެ.

މިހެން ދިމާވަނީ މޫދުގެ ތަޣައްޔަރުކަން އިތުރުވެފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ރިސާޗް ސުޕަވައިޒަރު ވިދާޅުވީ މި ހޯދުމުގެ މަގްސަދަކީ މީހުންނަށް މޫދަށް ނޭރުމަށް އިރުޝާދު ދިނުމެއް ނޫނެވެ. މޫދަށް އެރި ފަތާ ހެދުމަކީ އެމީހެއްގެ ހަށިގަނޑުގެ ފިޓްނަސް ރަނގަޅުވެ އެނޫންވެސް ވަރަށް ގިނަ ފައިދަތަކެއް ލިބޭ ކަމެއް ކަމަށް އޭނާ ވެސް އެއްބަސްވި އެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެއްމެން

    މިއޮތީ އަނެއްކާ އަނެއް "ފަތުވާ" އެއް ނެރެފާ. ތަޣައްޔަރު ފެންގަޑެއްގަ ފެތީމަ ބަލިޖެހޭނެ. ބޮޑަށް ތަޣައްޔަރީ ފަައިބާ ޕޫލްގެ ފެންގަނޑު ކަމަށް ވަންޏާ ޕޫލަށް ފޭބީމަ ބަލި ޖޭހޭނެ. ދިވެހީންނަށް މިންވަރު ކުރަށްވާފަ އޮތް ރަޙްމަތެއް ސާފު ކަނޑާއި ފަޅަކީ. ތިޔައިން އެއްވެސް ޕޫލަކަށް ވުރެ މިކަނޑު ފަޅު މާސާފު. ވީމާ މިކަނޑު ފަޅަށް ކުނިބުނި އަޅާ ތަޣައްޔަރު ކޮށް ހަލާކު ނުކުރާށެވެ. ކޮންމެވެސް ކޮނމެވެސް މިހެންބުނީމަ މާލެ ފަޅު ސާފު ތަނަކަށް ހަދައިގެން އެތަނަށް ފައިބާ ނުއުޅެއްޗެވެ. އެތަން އޮތީ ވަރށް ބޮޑަށް ހަޑިވެ ތަޣައްޔަރު ވެފާ ކަމަށް ބަލަންޖެހޭކަހަލަ ނިޝާންތަށް ވަަރަށް ގިނައިން ފެނޭ

  2. ދޮންދައްތަ

    އާޅަޅޭ! އަހަން މަންމައި ހެއުކޮށް ދެރަވާނެ

  3. މުޖައްރިބް

    ބޭކާރު ވާހަކަ

  4. ފީކޮއި

    ބޯ ހަލާކު