އެއީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެވެ. އެރޭ 11:30 ހާއިރު ބެންގަލޫރްގެ ޕްރައިވެޓް އެޕާޓް ކޮމްޕްލެކްސްއެއްކަމަށްވާ ޝަރަން ގޮވިޑާގެ އެރޭ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާއަށް ފެންނަނީ އެ އެޕާޓްމެންޓްގެ ތެރެއިން ބެޑްޝީޓަކަށް އެއްޗެއް ލައިގެން، ދަރިފުޅާއި ދެ މީހުން ޕާކިންގލޮޓްގައި އިން އެމީހުންގެ ކާރަށް އަރުވާ މަންޒަރެވެ. އެ މަންޒަރު ފެނުމާއެކު އޭނާގެ ހިތަށް އެކި ކަހަލަ އެއްޗެހި އަރަމުންދިޔައެވެ.

ޝަރަން ނަމަކަށް ކިޔާ އެ ސެކިޔުރިޓީ ގާޑް ވަގުތުން އެ މީހުން ކުރާކަމެއް ބަލަން އެތަނަށް ދިޔައެވެ. އޭނާއަށް ހިރެން ނަމަކަށް ކިޔާ އެ ފިިރިހެން މީހާ ލައިގެން ހުރި ގަމީހުގައި އާއި އެ މީހުން ގެންދިޔަ ބެޑްޝީޓްގައި ލޭ ހުރި މަންޒަރު ފެނިފައި ވަރަށް ބޮޑަށް ބިރުގަތެވެ. އަދި ވެގެން އުޅޭ ގޮތެއް އެހިއެވެ. ނަމަވެސް ހިރެން އެއަށް ޖަވާބެއް ނުދެއެވެ.

ޝަރަން ވަގުތުން އެ ގޭގެ މީހުންނަށާއި ފުލުހަށް ގުޅިއެވެ. ފުލުހުން އެތަނަށް ދިޔައިރު، ބެޑްޝީޓެއްގެ ތެރޭގައި ލެއިން ތަތްތެޅިފައި އޮތް އަންހެނެއްގެ ހަށިގަނޑު ފުލުހުންނަށް ފެނުނެވެ.

އަދި ހިރެން ވަނީ، އެއީ އޭނާގެ އަނބިމީހާ ކަމަށާއި، އަނބިމީހާ މަރާލީ އޭނާކަަމަށް އެއްބަސްވެފައެވެ. އަދި އޭނާ މަސައްކަތް ކުރަމުންދިޔައީ، ހަށިގަނޑު ފޮރުވުމަށް ކަމަށް ވެސް އޭނާ ބުންޏެވެ. ފުލުހުންނަށްވަނީ ހިރެން އުޅޭ އެޕާޓްމެންޓުން ވަޅިއެއްވެސް ހޯދާފައެވެ.

އަދި އިތުރު ހޯދުންތަކުން އެނގުނުގޮތުގައި، ހެނދުނު އޭނާ އަނބިމީހާ މަރާލިއިރު، ހެނދުނު ވަންދެން އިނީ ދަރިފުޅާއެކު ހަށިގަނޑު ކައިރީގައެވެ. ހިރެން އިތުރަށް ބުނެފައިވާ ގޮތުގައި، އޭނާ އަނބިމީހާގެ ގައިގައި ވަރަށް ގިނައިން ތަޅާ ހަދައެވެ. އާއްމުކޮށް އެކި ކަންކަމާއި ޒުވާބުކޮށް ހަދާ ހިރެން ބުނިގޮތުގައި، އޭނާ އަނބިމީހާގެ ކަރަށް ވަޅި ޖެހީ ރުޅި ކޮންޓްރޯލް ނުވެގެން ގޮސްއެވެ.

އުމުރުން 15 އަހަރު ދަރިފުޅަށް މަންމަ މަރާލާއި އޮތްތަން ފުނުނީ ސްކޫލް ނިންމާފައި ގެއަށް އައުމުންނެވެ. ދަރިފުޅަށް މަންމަ ފެނުމުން ރުއިކަމަށް ވެއެވެ. އަދި އެރޭ 10:30 ވަންދެން ދެ މީހުންވެސް ތިބީ މަރުވެފައިވާ ހަށިގަނޑު ކައިރީކަމަށް ވެއެވެ. ފުލުހުން ވުނީ، އެ ފިރިހެން ކުއްޖާ ކުޑަކުދިން ބަލަހައްޓާ ތަނަކާއި، ހަވާލުކޮށްފައިވައިރު، ހިރެން ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒަޔާނު

    ނުލަފާ !!