އަހަރެމެން އިންސާނުންގެވެސް އެންމެ ގާތްކޮށް ގެންގުޅޭ އެކުވެރި އެއް ހުންނާނެއެވެ. ގިނަ ފަހަރަށް މިގޮތަށް ގާތްކޮށް އުޅެވެނީ ކުރިން އުޅެވޭނޭ ކަމަށް ހީވެސް ނުކުރާހާ މީހަކާއި އެއްކޮށް ކަމުގައި ވާއިރު، ފޮޓޯ އިން ތިޔަ ފެންނަނީ ދެ ޖަނަވާރުންގެ ގާތް ގުޅުމެވެ.

މި އަހާއި ބުޅާ ބެސްޓު ފްރެންޑުންގެ ގޮތުގައި އުޅޭތާ 6 އަހަރު ވެއްޖެއެވެ. ޗެމްޕީ ނަމަކަށް ކިޔާ އެ އަހާއި މޮރިސްގެ ނަން ދީފައިވާ އެ ބުޅަލުގެ އެހެން އެކުވެރިންވެސް ތިބެއެވެ. ނަމަވެސް، މި ދެ ޖަނަވާރު އަބަދުވެސް ފެންނަނީ އެއްކޮށް ކަމަށް އެ އެއްޗެހި ބަލަހައްޓަމުން އަންނަ މީހާ މައުލޫމާތު ދެއެވެ.

މޮރިސް ޗެމްޕީގެ ބުރަކަށި މަތީގައި އަރާމު ކުރަނީ

މި ދެ ޖަނަވާރު ދިމާވެފައި ވަނީ ދޭތިވެސް ވަރަށް ކުޑައިރުއެވެ. މޮރިސް އަކީ ކުޑަ ބުޅަލަކަށް ވެފައި ޗެމްޕީ އަކީ ބުޅަލަކާއި ބަލާފައި ސައިޒުގެ ގޮތުން ބޮޑު އެއްޗަކަށް ވުމުން ޗެމްޕީ މި ގުޅުން ކުރިއަށް ގެންދާކަށް އެހައި ބޭނުމެއް ނުވިއެވެ. ނަމަވެސް، މޮރިސް ވަނީ މެދު ނުކެނޑި ޗެމްޕީ ފަހަތުން އުޅެފައެވެ. މިއާއި އެކު ޗެމްޕީވެސް އެންމެ ފަހުން ގޮތް ދޫކޮށް މޮރިސް ރަހުމަތްތެރި އެއްގެ ގޮތުގައި ވަނީ ބަލައިގެންފައެވެ.

މޮރިސް އާއި ޗެމްޕީ އެކުގައި ނިދަނީ

މިހާރު މި ދޭތި ވަކި ނުކުރެވޭ ހިސާބަށް ގުޅުން ވަރުގަދަ ވެފައި ވާއިރު، ގިނަ ފަހަރަށް މޮރިސް ހުންނަނީ ޗެމްޕީގެ ބުރަކަށި މައްޗައް އަރައިގެންނެވެ. ދެމީހުން ފެންބޮއި ހަދަނީވެސް އެއްތާކުން ކަމުގައި ވާއިރު، މޮރިސް އާއި ނިދަންވެސް ޗެމްޕީ ދާކަން ފާހަގަކޮށްލެވެއެވެ. މި ޖަނަވާރުތަކުގެ ވެރި މީހާ ބުނާ ގޮތުން ގަބޫލު ކުރަން ދަތިވިޔަސް މިއީ ހަމަ އެންމެ ގާތް ދެ ރަހުމަތްތެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުންބޭ

    ތިތާކުނެއް މީހެއް

  2. ހިޔަލަ

    ތިހާ ހިއްދަތި ވަތީ ގަބޫލު ކޮއްފިން

  3. ާަޕޮގުބާ

    މެރީކުރަންވީނު

    3
    1