އަވަށްޓެރި އިންޑިއާގައި މަންމަ އާއި ޒުވާބު ކުރުމަށް ފަހު އަރަމުން އައި ފިލްމީ ތަރިޔަކު އަމިއްލަ އަށް މަރުވެއްޖެއެވެ.

ޕާލް ޕަންޖާބީ ނަމަކަށް ކިޔާ މި އަންހެން އެކްޓްރެސް އަމިއްލަ އަށް މަރުވެފައި ވަނީ އޭނާ އުޅެމުން އައި އެޕާޓްމެންޓުގެ ޓެރަސް މަތިން ފުންމާލުމަށް ފަހުގައެވެ. މުމްބާއީ ޕޮލިހުން މައުލޫމާތު ދޭގޮތުގައި ޕާލް އަށް ރަނގަޅު ފިލްމަކުން އެކްޓު ކުރުމުގެ ފުރުސަތު ނުލިބޭތީ އޭނާ ނުތަނަވަސް ވެފައިވާ ދަނޑިވަޅުގައި އޭނާގެ މަންމަ އާއި ވަރަށް ގިނައިން ޒުވާބު ކުރާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން ޕާލް އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފައި ވާއިރު، އޭނާ ހުރީ މެންޓަލީ ގޮތުން ވަރަށް ބޮޑަށް ޑިޕްރެސް ވެފައި ކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާގެ ފިލްމީ ދާއިރާ އަށް ކޮންމެ އަހަރަކުވެސް ނިކުންނަށް މަސައްކަތް ކުރާ އެތައް ހާސް ކުދިންގެ ތެރެއިން ފުރުސަތު ލިބެނީ ވަރަށްވެސް މަދު ކުދިންކޮޅަކަށް ކަން ފާހަގަކޮށްލެވެއެވެ.

ޕާލް ދިރިއުޅެމުން އައި އެޕާޓްމެންޓް. އޭނާ ފުންމާލާފައި ވަނީ މި އެޕާޓްމެންޓުގެ ޓެރަސް މަތިން

ޕާލް އުޅުނު އެޕާޓްމެންޓުގެ ސެކިއުރިޓީ ގާޑު ބުނެފައި ވަނީ އެމީހުން އުޅެމުން އައި ފްލޯ އިން ޒުވާބު ކުރާ އަޑު އިވުނު ކަމަށާއި، ފަހުން އޭނާ ފުންމާލާފައި އޮތްތަން ފެނުނު ކަމަށެވެ.

"އެކަން ހިނގާފައި ވަނީ ރޭގަނޑު 12:05 އާއި 15 އާއި ދޭތެރޭ. އޭނާ ޓެރަސް މަތިން ފުންމާލާފައި ވަނީ މަންމަ އާއި ޒުވާބު ކުރުމަށް ފަހު."ސެކިއުރިޓީ ގާޑު ބުނެފައި ވެއެވެ.

އިންޑިއާގައި އަމިއްލަ އަށް މަރުވާ މީހުންގެ އަދަދު ދަނީ އަހަރަކަށް ފަހު އަހަރެއް އިތުރުވަމުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  އަލްހަމްދުލިﷲ

  10
  17
  • ކެނޯ

   މިކަހަލަ ކަންކަމަށް ހަމްދުކުރަންތޯ ރަސޫލުﷲ ދަސްކޮށްދެއްވީ؟ އެކަލޭގެފާނަށް ޑައިރެކްޓްކޮށް އެޓޭކްކުރި ޝާމްކަރަމީހުންނަށްވެސް އެކަލޭގެފާނު ހެޔޮދުޢާކުރެއްވީ.

   17
 2. ތުނިޔަ

  ހައްލަކީ އިސްލާމްދީން!

  22