އެމެރިކާގެ ލޮސް އެންޖެލެސްގައި ފިރިހެނަކު އޭނާގެ ލޯބިވެރިޔާ މަރާލުމަށް ފަހު އެކަން ކުރިގޮތް ބަޔާންކޮށް ލަވައެއް ކިޔުމުން އޭނާ ހައްޔަރު ކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ރޮބާޓް އެންތަނީ ކެމޯ އޭނާގެ ލޯބިވެރިޔާ، އަމާންޑާ ކަސްޓާ ވީނުވީއެއް ނޭނގި ގެއްލުނު ރޭ ވަނީ ލަވަ ކިޔާ ތަނަކަށް ގޮސް މައިކް ނަގައި އޭނާގެ ލޯބިވެރިޔާ މަރާލާފައިވާ ކަމަށާއި އަދި އޭނާ ވަޅުލާފައި ވާކަމަށްވެސް ބުނެފައެވެ. ކެމޯ މިހެން ބުނެ ލަވަ ކިޔުމުން އެތަނުގައި ތިބި މީހުންނަށް ހައިރާން ކަމެއް ލިބިގެން ގޮސްފައި ވާއިރު، މި ވީޑިއޯ މީސް މީޑިއާގައި ވައިރަލްވެ، ފުލުހުންނާއި ހަމައަށް މައްސަލަ ދިއުމުން ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ރޮބާޓް ކެމޯ އޭނާގެ ލޯބިވެރިޔާ މަރާލިގޮތް ބަޔާން ކޮށް ލަވަ ކިޔަނީ

ފުލުހުން ބުނެފައިވާ ގޮތުގައި ކެމޯ އޭނާގެ ލޯބިވެރިޔާގެ ހަށިގަނޑު ނަގައިގެން އޭނާ ކާރުގެ ޑިކީ އަށް އެރުވި މަންޒަރު އެމަންޑާގެ އަވަށްޓެރި އަކަށް ފެނިފައިވާ ކަމަށާއި އަދި އަމަންޑާގެ ގެއިން ލޭގެ އިތުރުން އުދައްޔެއް ފެނިފައި ވާއިރު، އޭނާގެ ކާރު ތެރޭގައިވެސް އަމަންޑާގެ ލޭ ވަނީ ފެނިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކެމޯ އަމާންޑާ އަށް އަނިޔާ ކުރާ ކަމުން މިއަހަރުގެ ފެބްރުއަރީ މަހު އަމަންޑާ ވަނީ ކެމޯ އަށް އޭނާ އާއި ކައިރި ނުވެވޭ ގޮތަށް ކޯޓު އަމުރެއްވެސް ހޯދާފައެވެ. ނަމަވެސް، މިދެމީހުން ރުޅިވެފައެއް ނުވެއެވެ. ކެމޯ އޭނާގެ ލޯބިވެރިޔާ ބަޔާންކޮށް ލަވަކިޔަމުން ހަޑިހުތުރު ބަސްތައްވެސް ބޭނުން ކޮށްފައި ވާއިރު އަމަންޑާގެ ހަށިގަނޑު އަދިވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ ކެމޯ އާއި ދެކޮޅަށް މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ރޮބާޓް ކެމޯ ހައްޔަރު ކޮށްގެން ފުލުހުން ގެންދަނީ

އެންމެ ފަހުގެ ދިރާސާތައް ދައްކާ ގޮތުން އެމެރިކާގައި ކޮންމެ ދުވަހަކުވެސް މަދުވެގެން 48 ވަރަކަށް މީހުން އެކި ގޮތްގޮތައް މަރާލައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ގާނޫނުތައް

  ރާއްޖޭގަވެސް އިސްލާމީ ޝަރީޢަތުގެ ބަދަލުގައި ތަފާތު ގާނޫނުތައް ހިންގޭތޯ އެބަލަނީ، ދިވެހިންނަށް ވުރެ މާކުރިން އެމެރިކާއިން ވަނީ އިސްލާމީ ޝަރީޢަތުގެ ބަދަލުގައި ގާނޫނުތައް ވަރަށް ބޮޑަށް ތަންފީޛުކުރަން ފަށާފައެވެ، ދުވަހެއް ދުވަހަކަށް މަރާލެވޭ މީހުން މަދެއް ނުވޭ، އެކަމު ގިނަވަނީ، ދީނުގައި ވަކިގޮތަކަށް ވަކި ކަމެއް ކުރަން އެންގުމުން އެގޮަތަކަށް އެކަމެއް ކުރަން ޖެހޭ. މަރުވި މީހާގެ ވާރުތަވެރިން މައާފުކޮއްފިނަމަ މާފުކުރެވިދާނެ.

  15
  1
 2. ތަަރައްގީ އާއި ތަހުޒީބު

  އެންމެ ފަހުގެ ދިރާސާތައް ދައްކާ ގޮތުން އެމެރިކާގައި ކޮންމެ ދުވަހަކުވެސް މަދުވެގެން 48 ވަރަކަށް މީހުން އެކި ގޮތްގޮތައް މަރާލައެވެ. އަދި ކޮންމެ މިނެޓަކު އެތައް ރޭޕެއް ވެސް އަންހެނުންނާއި ދެކޮޅަށް އެމެރިކާގައި ހިނގާ. ތަހުޒީބާއި ތަމައްދުންގެ އެންމެ ކުރީގައި. ހާދަ ފުރިހަމަ ޝަރުޢީ އަދި އިޖުތިމާޢީ ނިޒާމެކޭދޯ އެންމެ ކުރިއަރާފައިވާ ގައުމުގައި މިއޮންނަނީ.

  6
  1