މިހާރުގެ ޒުވާނުންގެ މެދުގައި އަށަގެންފައިވާ އެންމެ ނުބައި އެއް އާދައަކީ ވޭޕް ކުރުން ކަމާއި މެދު އެއްވެސް ޝައްކެއް ނެތް އިރުގައި، އެމެރިކާގައި ވޭޕް ކުރުމުގެ ސަބަބުން ދެވަނަ މީހަކު މަރުވެއްޖެއެވެ.

މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ވޭޕްގެ ޝިކާރައަކަށްވެ އެމެރިކާގެ އިލިނޯއީގައި މީހަކު މަރުވެފައި ވާއިރު، ރިޕޯޓްތައް ބުނާގޮތުން އެއީ ވޭޕް ކޮށްގެން މުޅި ދުނިޔެއިންވެސް މީހަކު މަރުވި ފުރަތަމަ ފަހަރެވެ. އެ ހާދިޘާ އަށް މަހެއްވެސް ވެފައި ނުވާއިރު އަނެއްކާ މިވަނީ އެގައުމުގެ އޮރެގަން އިން އިތުރު މީހަކު މަރުވެފައެވެ.

ވޭޕް ކޮށްގެން ފުއްޕާމޭގެ ނުރައްކާތެރި ބައްޔެއް ޖެހުނު ޒުވާން އަންހެން ކުއްޖެއް

މިފަހަރު މަރުވި މީހާގެ ޑޮކްޓަރުންގެ ރިޕޯޓުގައި ވާގޮތުން އޭނާ އަކީ ގަވާއިދުން ވޭޕް ކުރާ މީހެއްކަން ހާމަވެއެވެ. އަދި އޭނާ ވޭޕް ކުރާ އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މަރުވާނާ(ފަތް) ދިޔާ ކުރުމަށް ފަހު އޭގެން އަމިއްލަ ފްލޭވާއެއްވެސް ހަދައިގެން ބޭނުން ކުރެއެވެ. ނަމަވެސް އޭނާ މަރުވެފައި ވަނީ މާ ގަދައަށް ވޭޕް ކުރުމުން ފުއްޕާމެއަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ވޭޕް ކޮށްގެން މީހުން ކޯމާ ތަކުގައިވެސް އޮންނަން ޖެހިފައި ވާއިރު، ގިނަ މީހުންނަށް ލިބޭ ލަނޑަކީ ވޭޕް ބޭނުން ކުރަން ހުއްޓައި އޭތި މޫނު މައްޗައް ގޮވުމެވެ. ނުވަތަ ޖީބުގައި އޮންނަ ވަގުތު ގޮވުމެވެ. ސައިންޓިސްޓުން މިހާރު ހަދަމުން އަންނަ ދިރާސާތަކުން ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ގެއްލުމުގެ ސަބަބުން މީހާގެ ފުރާނަ އަށް ނުރައްކާވެއެވެ. އެހެންކަމުން މިއީ ސިނގިރޭޓް ފަދަ ދުންފަތުގެ ބާވަތްތަކަށް ވުރެންވެސް ނުރައްކާތެރި އެއްޗެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

މީގެ ދެ ހަފްތާ ކުރިން ވޭޕް ކޮށްގެން ކޯމާ އަކަށް ދިޔަ 17 އަހަރުގެ ފިރިހެން ކުއްޖެއް

ވޭޕް ކުރުމަކީ ރާއްޖޭގައިވެސް ވަރަށް އާއްމު ކަމަކަށް ވެފައި ވާއިރު، ހިތާމަވެރި ހާދިޘާ އެއް ތިމާ އަށް ކުރިމަތިވެ، ވަގުތު ފާއިތުވުމުގެ ކުރިން މިކަން ކުރުން ހުއްޓާލަން އުޅޭށެވެ!

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޣގ

    މިވިއްކާ ފަރާތް ހުއް ޓުވަމާ.

    23
    1
    • ސެލާ

      ސިގިރޭޓަށް ...ވާހެން ...ވާނީ ހަމަ

      6
      1
  2. ސައުދު

    މާލޭގެ މަގު ތަކުގައި ސިގިރޭޓް ބުއިން މަނާ ކުރާނެ ނަމައޭ ހިތަށް އަރާ ހާދަ އުދަގުލެއްވެޔޭ މޫނު މައްޗަށް ދުން ބުރުވާލާއިރު އަދި ޙާއްސަ ކޮށް މި ވޭޕްކުރާ މީހުން

    12