އާއްމު ގޮތެއްގައި މޮޑެލް ކުރާ އަންހެނުންނަށް ފިރިހެނުން ވަރަށް އިހުތިރާމުކޮށް ލޯބިން ވާހަކަ ދައްކާ ހަދައެވެ. ފަހަރުގައި އެއީ މޮޑެލުން ރީތި ކަމުންވެސް ވެދާނެއެވެ. ނަމަވެސް، އިނގިރޭސި ވިލާތުގެ މޮޑެލަކަށް ކަންތައް ވީ އެއާއި މުޅިން އިދިކޮޅަށެވެ.

އެމާ ކްލާކް ނަމަކަށް ކިޔާ އުމުރުން 27 އަހަރުގެ މި މޮޑެލް އޭނާގެ އާއިލާ އާއި އެކު މޮޑެލިން ޝޯ އެއްގައި ބައިވެރިވުމަށް ފަހު އެ ޝޯ އިން ރަނގަޅު ނަތީޖާ އެއް ލިބޭނޭ ކަމުގެ އުއްމީދުގައި ގެއަށް ދިޔަ މަގުމަތީ ފިރިހެނަކި ވަނީ އައިސް އެމާގެ ނޭފަތް މަތީގައި ވަރަށް ބާރަށް ޖަހާފައެވެ. އެމާގެ އާއިލާ ކުރި ނަތީ މިކަން ހިނގި އިރު، އެމާގެ ނޭފަތް ކަނާތް ފަރާތަށް އެނބުރިފައިވާ ފޮޓޯތައް މިހާރު އަންނަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

އެމާގެ މޫނު މަތީ ޖެހުމުގެ އިރުކޮޅެއް ކުރިން ނަގާފައިވާ ފޮޓޯ އެއް

އެމާ ބުނާ ގޮތުން މިހާރު އޭނާ އަށް އިހްސާސް ކުރެވެނީ އެއީ ވަރަށް ހަޑި މީހެއް ކަމަށާއި، މިކަމުގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑަށް ތަދުވެސް ވާ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުން މިހާރު 55 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައި ވީ ނަމަވެސް، އޭނާ އެކަން ކޮށްފައި ވަނީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ. އެމާގެ ފޮޓޯ އަށް ކޮމެންޓް ކުރި ބައެއް މީހުން ބުނެފައި ވަނީ އެއީ އެމާ އެ މޮޑެލް މުބާރާތުން ހޮވިގެން ކުރިއަށް ދާން ރަނގަޅު ފުރުސަތެއް ލިބިދާނެތީ އޭނާ އާއި ވާދަކުރި އަންހެނަކު އެ މީހާ އަށް ލާރި ތަކެއް ދީގެން ކުރުވި ކަމެކެވެ.

އެމާގެ ނޭފަތް ރަނގަޅު ކުރުމަށް ކުރިއަށް އޮތް 5 ދުވަސް ތެރޭ އޮޕަރޭޝަނެއް ކުރަން އޭނާ އާއި ޑޮކްޓަރުން އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުނިޔަ

    ތިވަރުވީއިރު އެއްވެސް ދުޅަކަމެއްވެސް ނެތީ ކީތްވެބާ؟ ލޭވެސް ހަނި ރޮނގެއްހެން.

    6
    2
  2. ހިހި

    މިދެން އެހާ ރީތި މީހެއް ވެސް ނޫނެއްނު ފޮނި ވާން. ޖޭ ވެގެން ބަޔަކު މީނަގެ ނޭފަތް ދުއް ވާނީ މޮޔައެއް. އެއޮށްބޮޑު އިނގިރޭސި ވިލާތުގަ ދެން ނެތީތަ ރީތި މީހެއް

    5
    5